އދ. ދިގުރަށު ރައްޔިތުންނަށްވެސް ބީއެމްއެލް ސެލްފް ސާވިސް ސެންޓަރެއް

އދ. ދިގުރަށު ރައްޔިތުންނަށްވެސް ބީއެމްއެލް ސެލްފް ސާވިސް ސެންޓަރެއް

Author
މުޙައްމަދު ޝަޒައިމް
13 ނޮވެމްބަރ 2020 09:16
0

އދ. ދިގުރަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

އދ. އަތޮޅުގައި ދިގުރަށުގެ އިތުރުން، މަހިބަދޫގައާއި، މާމިގިލީގައިވެސް އޭޓީއެމް އަދި ބޭންކްގެ ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެ އެވެ. ދާދި ފަހުން ބީއެމްއެލް އިން ވަނީ އއ.ުކުޅަހުގަައާއި، ނ. ކެނދިކުޅުދޫ އަދި ތ. ތިމަރަފުށީގައި ވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފަ އެވެ.

ބީއެމްއެލްއިން ބުނީ މިއީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އެ ބެންކުގެ ޙިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއްކަމަށެވެ. މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން މިހާރުދަނީ 64 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 124 އޭޓީއެމް ސެންޓަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.