ވެއްޓިފައިވާ މަތިންދާބޯޓުގެ އިތުރު ބައިތަކެއް އދ.އަތޮޅުންވެސް ފެނިއްޖެ

ވެއްޓިފައިވާ މަތިންދާބޯޓުގެ އިތުރު ބައިތަކެއް އދ.އަތޮޅުންވެސް ފެނިއްޖެ

Author
މުޙައްމަދު ޖިމީ
13 ނޮވެމްބަރ 2020 05:30
0

މަތިންދާބޯޓުގެ ބައިތަކެއް އދ.އަތޮޅު ހަންޏާމީދޫ ކައިރި ފަޅުރަށަކުންވެސް ފެނިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން ހަންޏާމީދޫ ކައިރީގައި އޮންނަ އަލިކޮއިރަށް ކިޔާ ފަޅުރަށަކުން މަތިންދާބޯޓުގެ ބައިތަކެއް ފެނިފައިވާކަމަށާއި، އެބައިތައް ފެނިފައިވަނީ މިދޔަ މަހުގެ 30 ގައިކަމަށެވެ. މިބައިތައް ފެނިފައިވާނީ އެރަށަށް ދަތުރުގޮސް އުޅުނު ބަޔަކަށެވެ. އެއިރު އެތަކެތި ފެނުނުނަމަވެސް އެކަން މިއަދު ހާމަކޮށްފައިވަނީ އިއްޔެ ދ.މީދޫ ކައިރިންވެސް މަތިންދާބޯޓުގެ ފިޔަގަނޑެއް ފެނިގެން އެވާހަކަތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވާން ފެށުމުންނެވެ.

ވެއްޓިފައިވާ މަތިންދާބޯޓުގެ ބައިތައް ފެނުނު ބައެއް މީހުން ބުނާގޮތުގައި ރާއްޖެއިން ފެނުނު އެބައިތަކަކީ މޫދަށް ވެއްޓިފައިވާ މިލިޓަރީ ޑްރޯނެއްގެ ބައިތަކެއް ކަމަށް ބެލެވޭކަމަށެވެ.

އދ.އަތޮޅުން ފެނުނުކަމަށްބުނާ މަތިންދާބޯޓުގެ ބައިތަކެއް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަތިންދާ ބޯޓުގެ ބައިތަކެއް ފެންނަންފެށުމާއެކު މިހާރު އެކަންވަނީ ސަލާމަތީ ބާރުތަކުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.