ކޫއްޑޫއިން 66 ގްރާމުގެ ޑްރަގާއެކު ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

ކޫއްޑޫއިން 66 ގްރާމުގެ ޑްރަގާއެކު ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
23 ނޮވެމްބަރ 2026 02:33
0

 

ގއ. ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް ވިއްކާ ކަމުގެ ތުހުމަތުގައި، ބަންގްލަދޭޝްގެ 37 އަހަރުގެ އެމްޑީ ހާރިސް މިއާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ކޫއްޑޫގައި މީހަކު ޑްރަގު ރައްކާކޮށް، ފުޅާކޮށް ވިއްކަމުންދާ ކަމުގެ މަޢުލޫމާތު ލިބުމުން، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް، ވިލިނގިލި އަދި މާމެންދޫ ޕޮލިސް ސްޓޭޝަނުން ގުޅިގެން އޮޕަރޭޝަނެއް ހިންގި އެވެ. ހާރިސް ދިރިއުޅޭ ތަން އެ އޮޕަރޭޝަނުގައި ބަލައިފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ބެލެވޭ 66 ގްރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހާރިސްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.