އޭޝިއަން ޗެމްޕިއަންކަން ހޯދިތާ ތިން ދުވަސް ފަހުން ސަޖާދު ޖަވާދު ނިޔާވެއްޖެ

އޭޝިއަން ޗެމްޕިއަންކަން ހޯދިތާ ތިން ދުވަސް ފަހުން ސަޖާދު ޖަވާދު ނިޔާވެއްޖެ

Author
އަހުމަދު
22 ނޮވެމްބަރ 2026 07:52
0

އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދިތާ ހަމައެކަނި ތިން ދުވަސް ފަހުން، އިރާގުގެ ނަންހިންގާ ބޮޑީބިލްޑަރު ސަޖާދު ޖަވާދު ކުއްލިއަކަށް އަވަހާރަވެއްޖެއެވެ. އޭނާގެ އުމުރަކީ 30 އަހަރެވެ.

ސަޖާދު އަވަހާރަވިކަން ކަށަވަރުކޮށްދީފައިވަނީ އިރާގުގެ ނޭޝަނަލް ފެޑެރޭޝަން އޮފް ބޮޑީބިލްޑިންގ އެންޑް ފިޓްނަސްއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައެވެ. ފެޑެރޭޝަންގެ ރައީސް ފާއިޒް އަބްދުލް ހަސަން އާއި އޮފިޝަލުން ވަނީ ސަޖާދުގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. ނަމަވެސް އޭނާ އަވަހާރަވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މަހު ތައިލެންޑްގެ ޕަޓާޔާގައި ބޭއްވި މުބާރާތުގައި ސަޖާދު ރަން މެޑަލް ހޯދީ ފިރިހެނުންގެ 90 ކިލޯގެ ކެޓަގަރީންނެވެ. 35 ގައުމަކުން 200 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވި މި މުބާރާތުގައި މީގެ ކުރިން ވާދަކުރިއިރު އޭނާއަށް ލިބުނީ 11 ވަނައެވެ.

އިރާގުގެ ހެލްތު މިނިސްޓްރީގެ މުވައްޒަފަކު ކަމުގައިވެސް ހުރި ސަޖާދަކީ، ސޯޝަލް މީޑިއާގައި "ޑރ. މަސްލް" ގެ ނަމުން މަޝްހޫރު، އިންސްޓަގްރާމްގައި 260,000 އަށްވުރެ ގިނަ ފޮލޯއަރުން ތިބި ކުޅުންތެރިއެކެވެ. ރަން މެޑަލް ހޯދުމަށްފަހު އޭނާ ހިއްސާކުރި އެންމެ ފަހު ޕޯސްޓަށް މިހާރު ސަޕޯޓަރުންނާއި އެތުލީޓުން ދަނީ ހިތާމަފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.