ހެންވޭރު، ހ.ބެރަބެދިމާގޭގެ ދެވަނަ ފަންގިފިލާގައި ރޭ ރޯވި އަލިފާން ނިއްވާލެވިއްޖެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، އަލިފާނުގެ ހާދިސާއާ ބެހޭ މަޢުލޫމާތު ލިބުނީ ރޭ 23:25 ހާއިރު ކަމަށެވެ. ދެން ވަގުތުން ދިފާއީ ބާރުގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރފައިޓަރުން ހާދިސާ ހިނގި ތަނަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ.
ގާތްގަނޑަކަށް ގަޑިއެއްހާ ވަގުތު ނަގައިގެން، ރޭ 00:39 ހާއިރު އަލިފާން އެއްކޮށް ނިއްވާލެވުނު ކަމަށް ދިފާއީ ބާރުން މަޢުލޫމާތު ދިނެވެ.
އަލިފާން ރޯވި ސަބަބެއް އަދި އެ ހާދިސާގައި ލިބުނު ގެއްލުމުގެ މިންވަރެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ