ލޯނު ދޫކުރާ އުމުރު 75 އަހަރަށް މަތިކުރަން ރައީސް އެދިވަޑައިގެންފި

ލޯނު ދޫކުރާ އުމުރު 75 އަހަރަށް މަތިކުރަން ރައީސް އެދިވަޑައިގެންފި

Author
އަހުމަދު
22 ނޮވެމްބަރ 2026 01:42
0

 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އުމުރުގެ ލިމިޓް 75 އަހަރަށް ނުވަތަ އެއަށްވުރެ މަތިއަށް އުފުލަން ސަރުކާރުން އެދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

1991 ވަނަ އަހަރުން ފެށިގެން އަމިއްލަ ވޯކްޝޮޕެއް ހިންގަމުން އަންނަ މީހަކު ކުރި ޝަކުވާއަކަށް ޖަވާބު ދެއްވަމުން ރައީސް މިހެން ވިދާޅުވީއެވެ. އަމިއްލަ ގެއެއް އަޅަން ލޯނަކަށް އެދުނު ނަމަވެސް، ލޯނު ދޫކުރާ އެންމެ މަތީ އުމުރު ކަމަށްވާ 60 އަހަރު ފަހަނައަޅާފައިވާތީ ލޯނު ނުލިބުނު ކަމަށް އޭނާ ބުންޏެވެ. ދަރިންގެ ތައުލީމާއި އެހެނިހެން ކަންކަމަށް ލޯން ނަގާފައިވާތީ ދަރިންނަށްވެސް މި ކަމުގައި އެހީތެރިވެވެން ނެތް ކަމަށް އޭނާ ބުންޏެވެ.

ރައީސް ވިދާޅުވީ ކުރީގައި ދިވެހިންގެ ދިރިއުޅުމުގެ އުންމީދީ އުމުރު ދަށްކަމުން އެ ލިމިޓް ކަނޑައަޅާފައިވި ނަމަވެސް، މިހާރު އެވްރެޖް އުމުރު 80 އަހަރަށްވުރެ މަތިވެފައިވާ ކަމަށެވެ. އެހެންކަމުން ލޯނު ދޫކުރުމުގައި 60 އަހަރަކީ އެކަށީގެންވާ އުމުރަކަށް ނުފެންނާތީ، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބީއެމްއެލްގައި މި ކަމަށް އެދިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.