ކްރޮސްރޯޑްގެ އިރުމަތީ ފަރާތުގައި އޮންނަ ފިނޮޅެއް ކައިރީގައި މަހަށް ގޮސް އުޅުނު ޑިންގީއެއް ދިޔަވުމުން، އެ ޑިންގީގައި ތިބި 11 ދިވެހިންނަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ހާދިސާގެ މަޢުލޫމާތު ރޭ 20:11 ގައި ލިބުމާއެކު، ކޯސްޓްގާޑުގެ ސެކަންޑް ސްކޮޑްރަންގެ "ހާބަރކްރާފްޓް 113″ ލޯންޗު ޑައިވަރުންނާއި ޕަންޕާއެކު އެ ސަރަހައްދަށް ފޮނުވި ކަމަށެވެ.
ޑައިވަރުން ޑިންގީ ބެލިއިރު، ޑިންގީގެ ބޭރުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަކުރެވުނެވެ. ޑިންގީއިން ފެން ހިއްކުމަށްފަހު، ތިން މީހުންނާއެކު ޑިންގީ ހުޅުމާލެއަށް ދަތުރުކުރި އެވެ. ޑިންގީގައި ތިބި 7 އަންހެނަކާއި 7 އަހަރުގެ ކުއްޖަކު، ކޯސްޓްގާޑުން ރޭ 21:30 ގައި ސަލާމަތުން ހުޅުމާލެއަށް ގެންގޮސްދިން އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ