109 މީހަކު އުމްރާއަށް ދެއްކި ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ޕީޖީއަށް

109 މީހަކު އުމްރާއަށް ދެއްކި ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ޕީޖީއަށް

Author
އަހުމަދު
22 ނޮވެމްބަރ 2026 07:50
0

އުމްރާއަށް ގެންދާނެ ކަމަށް ބުނެ 109 މީހެއްގެ އަތުން ނެގި 2.66 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އަސްކޮއި ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކުރުމަށް އެދި، ފުލުހުން މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ، 2025 ވަނަ އަހަރުގެ ޖުލައި މަހު އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނަގައި، އެ މީހުން ދަތުރަށް ނުގެންދިޔަ މައްސަލައިގެ ތަހުގީގުން ކުންފުނިން ޖުމްލަ 2،660،300 ރުފިޔާއަށް ހިޔާނާތްތެރިވެފައިވާކަން ސާބިތުވި ކަމަށެވެ.

ޖުލައި 16 ވަނަ ދުވަހު ފުލުހަށް ހުށަހެޅުނު މި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ އަސްކޮއިގެ އުމްރާ ހުއްދަ ހިފެހެއްޓުމާއި ޖޫރިމަނާކުރުމަށް ނިންމާފައެވެ. އަދި އަސްކޮއިއާއި، އެ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ނިންމައި، ފައިސާ ދެއްކި ފަރާތްތަކަށް ރީފަންޑް ދިނުމަށް އެންގިއެވެ. މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހެޅީ ވެސް މިނިސްޓްރީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.