ދޯންޏަކާއި ބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ފަރަށް އަރާފައިވަނީ 16 މީހުންނާއެކު މަސްވެރިކަމަށް ނިކުމެއުޅުނު "އުފާ" ނަމަކަށް ކިޔާ މަސް ދޯންޏަކާއި، ކ.މާލެއިން ފުރައިގެން ލ.އަތޮޅަށް ދަތުރުކުރަމުންދިޔަ "މާވަހަރު ސްޓަރ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.
16 މީހުންނާއެކު މަސްވެރިކަމަށް ނިކުމެއުޅުނު "އުފާ" ނަމަކަށް ކިޔާ މަސް ދޯންޏެއް، ތ.ގާދިއްފުށި ކައިރިން ފަރަކަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފި. pic.twitter.com/qRTEIBmkFt
— Maldives National Defence Force (@MNDF_Official) May 21, 2022
މީގެ ތެރެއިން 8 މީހުންނާއެކު ކ.މާލެއިން ފުރައިގެން ލ.އަތޮޅަށް ދަތުރުކުރަމުންދިޔަ "މާވަހަރު ސްޓަރ" ނަމަކަށް ކިޔާ ބޯޓު ފަރަށް އަރާފައިވަނީ މ.މުއްޔާއި މ.ކޮޅުފުށްޓާ ދެމެދުން ފަރަކަށެވެ. މިއުޅަނދު ފުން ކުރުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
8 މީހުންނާއެކު ކ.މާލެއިން ފުރައިގެން ލ.އަތޮޅަށް ދަތުރުކުރަމުންދިޔަ "މާވަހަރު ސްޓަރ" ނަމަކަށް ކިޔާ ބޯޓެއް މ.މުއްޔާއި މ.ކޮޅުފުށްޓާ ދެމެދުން ފަރަކަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފި. pic.twitter.com/AdlSj7GuuM
— Maldives National Defence Force (@MNDF_Official) May 21, 2022
16 މީހުންނާއެކު މަސްވެރިކަމަށް ނިކުމެއުޅުނިކޮށް "އުފާ" ނަމަކަށް ކިޔާ މަސް ދޯނި ފަރަށް އަރާފައިވަނީ، ތ.ގާދިއްފުށި ކައިރިން ފަރަކަށެވެ. މިއުޅަދު ފުން ކުރުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ