އިންތިޚާބާބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކޮށް، ވޯޓާސް ލިސްޓުގައި ސޮއިކުރަން އަލުން ފަށައިފި

އިންތިޚާބާބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކޮށް، ވޯޓާސް ލިސްޓުގައި ސޮއިކުރަން އަލުން ފަށައިފި

Author
އަހުމަދު
19 މާރޗް 2026 12:38
0

ރޭ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އިންތިޚާބާބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކޮށް، ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރި ގޮތުގައި، މި ބަދަލު ގެންނަން ޖެހުނީ ކުރިން މި މަސައްކަތް ކުރަމުންދިޔަ ކުރީގެ ޑްރަގް ކޯޓު އިމާރާތާ އިންވެގެން ހުރި ގުދަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގެ ސަބަބުން ރޭ ވަނީ ލިސްޓުގައި ސޮއިކުރުން މެދުކަނޑާލާފައެވެ. އެހެންނަމަވެސް، އިންތިޚާބުގެ ކަންކަން ހުއްޓުމެއްނެތި ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި، ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުން މިހާރު ސޯޝަލް ސެންޓަރުގައި ދަނީ ކުރިއަށެވެ.

އަންގާރަ ދުވަހު ފެށި މި މަސައްކަތް ކުރިއަށްދާނެ ގަޑިތަކެއްގެ ގޮތުގައި އީސީއިން ކަނޑައަޅާފައިވަނީ މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.