އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިހާބަށް ބުރޫ ނާރާނެކަމުގެ ޔަގީންކަން އީސީން ދީފި

އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިހާބަށް ބުރޫ ނާރާނެކަމުގެ ޔަގީންކަން އީސީން ދީފި

Author
ޙަސަން މުޙައްމަދު
19 މާރޗް 2026 12:48
0

"ޕްރައިމް ގޯޑައުން" ގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، އަލިފާން ރޯވި ސަރަހައްދާ ކައިރީގައި އިންތިހާބީ މަރުކަޒު ހުރުމުން އެތަނުގެ މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނު ނަމަވެސް، މަރުކަޒުގައި ހުރި އިންތިހާބާ ގުޅޭ ހުރިހާ ލިޔެކިޔުންތަކާއި މުހިންމު ތަކެތި ރައްކާތެރިކަމާއެކު ހުރި ކަމަށެވެ.

އެމްއެންޑީއެފުން އިންތިހާބީ މަރުކަޒަށް ވަނުމުގެ ހުއްދަ ދެވެންދެން، އިންތިހާބާ ގުޅޭ އެންމެހާ މަސައްކަތްތައް ދެން ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައެވެ. އެގޮތުން، ވަގުތީގޮތުން މެދުކަނޑާލެވިފައިވާ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންނާއި މަންދޫބުން ސޮއިކުރުމުގެ މަސައްކަތްވެސް މިއަދުން ފެށިގެން ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.

މ. ކައިރުގޭގައި ހުންނަ "ޕްރައިމް ގޯޑައުން" ގައި ރޭ ހިނގި މި ހާދިސާ މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވާއިރު، އަލިފާން ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ އެ ގުދަނަކީ ކެމިކަލް އަދި ގަސްކާނާ ފަދަ ތަކެތި ރައްކާކޮށްފައި ހުރި ތަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.