ޕީއެންސީގެ މަތީ މަޖިލީހުން ޒުވާނުންގެ 7 ގޮނޑި އަށް މެމްބަރުން އިންތިޚާބު ކޮށްފި

ޕީއެންސީގެ މަތީ މަޖިލީހުން ޒުވާނުންގެ 7 ގޮނޑި އަށް މެމްބަރުން އިންތިޚާބު ކޮށްފި

Author
އަހުމަދު
16 ސެޕްޓެމްބަރ 2026 12:34
0

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ޒުވާނުން ތަމްސީލުކުރާނެ ހަތް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބު ނިންމާލައިފިއެވެ.

ޕާޓީގެ ކޮންގްރެސްގައި ކުރިއަށްދިޔަ މި އިންތިޚާބުގައި ޒުވާނުންގެ ގޮނޑިތަކަށް 13 ކެންޑިޑޭޓަކު ވާދަކުރެއްވިއިރު، 1،094 މެންބަރުން ވޯޓު ދެއްވިއެވެ.

އެންމެ ގިނަ ވޯޓު ހޯއްދެވީ 881 ވޯޓާއެކު ސިމާނު ހާދީއެވެ. ދެން އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓުންނަކީ 857 ވޯޓާއެކު އިބްރާހިމް އަޒްޔާން ނިމާލް، 856 ވޯޓާއެކު މަލްޝާ ޝަރީފް، 852 ވޯޓާއެކު މުހައްމަދު އަސީލް، 851 ވޯޓާއެކު ލުޖައިނުﷲ ޒުހައިރު، 850 ވޯޓާއެކު އިސްމާއިލް ރިފާއު އަދި 849 ވޯޓާއެކު ހައްމާދު ރަޝީދެވެ.

ޕާޓީގެ އެތެރޭގެ ހިންގުން ވަރުގަދަކުރުމުގެ ގޮތުން، ޕީއެންސީގެ މަތީ މަޖިލީހަށް ޖުމްލަ 49 މެންބަރުން އައްޔަނު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ވެރިކަމުގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކީ މަތީ މަޖިލީހުގެ އޮޓޮމެޓިކް މެންބަރަކަށްވާތީ، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ހިމެނިވަޑައިގަންނަވަނީ އެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.