އިންތިޚާބުން ނާކާމިޔާބުވާ ފަރާތްތަކުން ކާމިޔާބުވާ ފަރާތްތަކަށް މަރުޙަބާ ކިޔައި، އެކުވެރިކަން ދަމަހައްޓަންޖެހޭ: ރައީސް

އިންތިޚާބުން ނާކާމިޔާބުވާ ފަރާތްތަކުން ކާމިޔާބުވާ ފަރާތްތަކަށް މަރުޙަބާ ކިޔައި، އެކުވެރިކަން ދަމަހައްޓަންޖެހޭ: ރައީސް

Author
އަހުމަދު
16 ސެޕްޓެމްބަރ 2026 12:17
0

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަށްފަހު ޕާޓީގެ ސަފުތައް ބައިބައިވިޔަ ނުދީ، އެކުވެރިކަމާއެކު ކުރިއަށް ދިއުމަކީ ޑިމޮކްރަސީގެ އެންމެ ރީތި ނަމޫނާ ކަމަށް ވިދާޅުވެ، އެ ނަމޫނާ ދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ގޮވާލައްވައިފިއެވެ.

ޕީއެންސީގެ މަތީ މަޖިލިސް ރަސްމީކޮށް ފެށުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އެ ޕާޓީގެ ރައީސްކަންވެސް ކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ ޤައުމީ ފެންވަރުގައި ބޭއްވުނަސް، ޕާޓީގެ ފެންވަރުގައި ބޭއްވުނަސް، ކޮންމެ އިންތިޚާބެއްގެވެސް ނަތީޖާ ނުކުންނާނީ ކޮންމެވެސް އެއްބަޔަކަށް ކާމިޔާބު ލިބޭ ގޮތަށް ކަމަށެވެ. އެހެންކަމުން ނާކާމިޔާބުވާ ފަރާތްތަކުން، ކާމިޔާބު ހޯދާ ފަރާތްތަކަށް މަރުޙަބާ ކިޔައި، އަތުގުޅާލައިގެން ކުރިއަށް ދިއުމަކީ ޑިމޮކްރަސީ ފައްކާކުރުމަށް ދެއްކެން އޮތް އެންމެ ރީތި މިސާލުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕީއެންސީގެ މެމްބަރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ޤައުމު އިސްކޮށް، ޤައުމާއި ޕާޓީ ދެކެ ލޯބިވާ އިޚްލާޞްތެރި ބައެއްގެ ގޮތުގައި ވަރުގަދަ ޢަޒުމެއްގައި ކަމަށާއި، ޕާޓީގެ ކޮންގްރެސްގެ މަސައްކަތްތައް މިހާތަނަށް ގެންދަވާފައިވަނީ ނަމޫނާ ދެއްކެވޭފަދަ އެކުވެރިކަމަކާއެކު ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މި ޖަލްސާވެސް ނިމިގެންދާނީ މެމްބަރުންގެ މެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ގޮތެއްގެ މަތިން ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.