ސަރުކާރާއި ޕީއެންސީގެ މައިގަނޑު އަސާސަކީ ހަމަޖެހުމާއި ތަރައްގީއާއި ރައްކާތެރިކަން: ރައީސް

ސަރުކާރާއި ޕީއެންސީގެ މައިގަނޑު އަސާސަކީ ހަމަޖެހުމާއި ތަރައްގީއާއި ރައްކާތެރިކަން: ރައީސް

Author
އަހުމަދު
16 ސެޕްޓެމްބަރ 2026 12:14
0

ސަރުކާރުގެ ސިޔާސަތުތަކާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަލްސަފާ ބިނާވެފައިވަނީ ގައުމުގެ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ކަށަވަރުކުރުމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސްގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ސޯޝަލް ސެންޓަރުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރާއި ޕާޓީ ކުރިއަށްދާނީ ސިޔާސީ ދިގު މާޒީގައި ލިބުނު ކާމިޔާބީތަކާއި ނާކާމިޔާބީތަކުން ހޯދި ތަޖުރިބާގެ އަލީގައި، ގައުމީ މަސްލަހަތު އެންމެ އިސްކުރުމުގެ އަސާސުގެ މަތީގައި ކަމަށެވެ.

ޕީއެންސީއަކީ ޒިންމާދާރު ޕާޓީއެއްކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، އިސްލާމްދީނަށް ނަސްރުދިނުމާއި ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ އެންމެ މުހިންމު ވާޖިބުކަމުގައެވެ. އަދި ރާއްޖޭގެ އެތެރޭގެ ކަންކަމުގައާއި ހާރިޖީ ސިޔާސަތު އެކުލަވާލުމުގައިވެސް އެންމެ އިސްކަން ދޭނީ ގައުމީ މަސްލަހަތަށް ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި އުމްރާނީ ހިދުމަތްތައް ފޯރުކޮށްދީ، ގައުމު ތަރައްގީގެ އާ އުސްމިންތަކަކަށް ގެންދިއުމުގެ މަސައްކަތްތައް ތަންފީޒުކުރެވެމުންދާނީ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަމުގެ ތިން އަސާސަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.