ސްޕެޝަލް ކޮންސްޓަބިއުލަރީއަށް 29 ފުލުހުން ހޯދަނީ

ސްޕެޝަލް ކޮންސްޓަބިއުލަރީއަށް 29 ފުލުހުން ހޯދަނީ

Author
އަހުމަދު
15 ސެޕްޓެމްބަރ 2026 05:44
0

ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް 29 މީހަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

މަހަކު 17,175ރ. ގެ މުސާރައެއް ލިބޭ މި މަގާމަށް ކުރިމަތިލެވޭނީ ގްރޭޑް 10 ނިންމާފައިވާ، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި ފިރިހެނުންގެ އިސްކޮޅުގައި 5 ފޫޓު 3 އިންޗި، އަންހެނުންގެ އިސްކޮޅުގައި 5 ފޫޓު ހަމަވާން ޖެހެ އެވެ.

މި ވަޒީފާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.