ކޯޓްނީ ކާޑޭޝަން ކައިވެނިކޮށްފި

ކޯޓްނީ ކާޑޭޝަން ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
19 މެއި 2022 04:59
0

މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކޯޓްނީ ކާޑޭޝަން ކައިވެނި ކޮށްފިއެވެ.

ނުފޫޒު ގަދަ ކާޑޭޝަން އާއިލާއަށް ނިސްބަތްވާ ކޯޓްނީ ކައިވެނި ކުރީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޓްރެވިސް ބާކާއާއެވެ.

ސޯޝަލް މީޑީއާގައި އެމީހުންގެ ކައިވެނީގެ ފޮޓޯތަށް އަންނަނީ ވައިރަލް ވަމުންނެވެ. އެ ދެމީހުން ރައްޓެހިވެފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އަދި އެއަށް ފަހު، ކައިވެނި ކުރުމަށް ޓްރެވިސް ޕްރޮޕޯސް ކޮށްފައި ވަނީ މި އަހަރުގެ ކުރީކޮޅުގައެވެ.

 

View this post on Instagram

 

A post shared by Kourtney ❤️ (@kourtneykardash)

މި ދެމީހުންނަކީ ވެސް މީގެ ކުރިން ކައިވެނި ކޮށްފައިވާ ދެ މީހުންނެވެ. އެގޮތުން ކޯޓްނީ ވަނީ މީގެ ކުރިން ކައިވެންޏެއްކޮށް، އެކައިވެނިން ތިން ކުދިން ވެސް ލިބިފައެވެ. އޭގެ އިތުރުން ޓްރެވިސްގެ މީއީ 3 ވަނަ ކައިވެންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.