ގަލްފް ކްރާފްޓުން ރާއްޖޭގައި 400 މިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫޢެއް ފަށަނީ

ގަލްފް ކްރާފްޓުން ރާއްޖޭގައި 400 މިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫޢެއް ފަށަނީ

Author
މުޙައްމަދު ޝަޒައިމް
13 ނޮވެމްބަރ 2020 02:39
0

ޔޫއޭއީގެ މަޝްހޫރު ގަލްފް ކްރާފްޓް ކުންފުނިން ރާއްޖޭގައި 400 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ނިންމައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ފަޅެއްގައި ހަ ރަށެއް ހިއްކުމަށްވަނީ ހަމަޖެހިފައިވައެވެ. ބޯޓު ބަނުމަށް ގަލްފް ކުރާފްޓުގެ އައު ފެކްޓްރީއެއް ތަރައްޤީކުރުމާއި، ސަފާރީއަދި ޔޮޓުތަކަށް ޙާއްސަ ޔޮޓު މެރީނާއެއް ތަރައްޤީކުރުމާއި، މެރިޓައިމް ސްކޫލެއްގެ އިތުރުން ފަތުރުވެރިންނަށް އަމާޒުކޮށްގެން މަތީފަންތީގެ ރިސޯޓެއްވެސް މި ރަށް ތަކުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް ގަލްފް ކުރާފްޓުން މައުލޫމާތުދެއެވެ.

މިމަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރުމަށް ތިލަފުށީގައި ހުންނަ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ބޯޓުޔާޑުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ހަވާލުކުރި އެސްއޭއެސްއީ ކޮންޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަޙްމަދެވެ. އަދި ގަލްފް ކްރާފްޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޔޫއޭއީގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެ ކުންފުނީގެ ޗެއާމަން މުޙައްމަދު ހުސެއިން އަލްޝާލީ އެވެ.

ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރި އެސްއޭއެސްއީ އަކީ އެނބޫދޫ ފަޅުގައި މިހާރު ހިންގަމުން އެދާ ރިސޯޓުތަކުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރި ކުންފުންޏެވެ.

މި މަޝްރޫއުގެ ދަށުން ގަލްފް ކްރާފްޓުން ޒަމާނީ ވަސީލަތްތަކާ އެކު ބޯޓު ބަންނަ ހާއްސަ ފެކްޓްރީއެއް ތަރައްގީކުރާނެ އެވެ. އަދި ސަފާރީތަކާއި ޔޮޓުތަކަށް ހާއްސަ ބަނދަރަކާއި ޒުވާނުންނަށް ތަމްރީނުތައް ދޭނެ ސެންޓަރެއް ވެސް ގާއިމުކުރާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.