އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމުގެ ހެޔޮ ނިޔަތެއް މިސަރުކާރުގެ ނެތް: އުޝާމް

އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމުގެ ހެޔޮ ނިޔަތެއް މިސަރުކާރުގެ ނެތް: އުޝާމް

Author
ޢަލީ އާދަމް
14 މެއި 2022 01:55
0

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އިންސާފުވެރިކަމާއެކު ބަލައި، ގެއްލިފައިވާ ރައްޔިތުންގެ ފައިސާ ހޯދުމުގެ ހެޔޮ ނިޔަތެއް ސަރުކާރުގެ ނެތް ކަމަށް  ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ 2 ކެނޑިޑޭޓުންގެ މެދުގައި ބޭއްވި ބަހުސްއެއްގައި ވާހަަކަ ދައްކަވަމުން އެއް ކެނޑިޑޭޓް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓު އޮޅުވާލާފައިވާ ކަމަށެވެ.

ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކުރީ ބައެއް ނަންތައް އުނިކުރުމަށް ފަހު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މި ވާހަކަތަކަށް އިޝާރާތްކޮށް އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރ ފައްޔާޒްގެ އެ ވާހަކަފުޅު ތަކުން އެގެނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކައަކީ މިސަރުކާރުންނާ އެމްޑީޕީން ސިޔާސީ ފައިދާއަށް ދައްކާ ވާހަކައެއްކަން ކަމަށެވެ.

"އެބަޔަކު ބޭނުންވާ ނަންތަކެއް ހިމަނައިގެން ލިސްޓް ނެރެނީ."

– އުޝާމް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ތެރެއިން އެޕާޓީގެ ދެ ފެކްޝަން ރަނގަޅަށް ބައިވެ އެއް ބަޔަކު އަނެއް ބަޔަކަށް ގިނަ ތުހުމަތު ތަކެއް ކޮށްފައިވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ޓީމުން ކެމްޕެއިން ތެރޭގައި އެންމެ ބޮޑަށް ތުހުމަތުކުރީ ފައްޔާޒާއި ސަރުކާރުން އެމްއެމްޕީއާރުސީ ހިޔާނާތާއި އެހެން ހިޔާނާތުގެ މައްސަލަތައް ވެސް ބަލަން ނޫޅޭ ކަމަށެވެ.

ނަމަވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިކަމަށް ބުނާ ބޭފުޅުންގެ ސައްހަ ލިސްޓެއް އެބައޮތް ކަމަށާއި އެ ލިސްޓްކަމަށް ބުނެ މަޖިލީހުން އާންމުކުރި ލިސްޓަކީ އޮޅުވާލާފައިވާ ލިސްޓެއް ކަމަށެއެވެ. އަދި ހިޔާނާތުގެ އަސްލު ލިސްޓު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.