މެސެޑޯނިޔާ ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް

މެސެޑޯނިޔާ ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް

Author
އިބްރާހީމް ސާޢިދު
13 ނޮވެމްބަރ 2020 10:14
0

ޔޫރޯ ކޮލިފައިން ޕްލޭއޯފް ކާމިޔާބުކޮށް ފުރަތަމަފަހަރަށް މެސެޑޯނިޔާއިން ބޮޑު މުބާރާތަކުން ޖާގަ ހޯދައިފިއެވެ.

ކޮލިފައިން ޕްލޭއޯފް މެސެޑޯނިޔާއިން ކާމިޔާބުކުރީ ޖޯޖިއާ ވާދަކޮށް 1-0 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު މެސެޑޯނިޔާއިން ކާމިޔާބުކުރީ މެޗުގެ 56 ވަނަ މިނިޓުގައި އުމުރުން 37 އަހަރުގެ ގޯރާން ޕަންޑޭވްއެވެ. ދެގައުމުން ވެސް އަންނަނީ 1996 ވަނަ އަހަރު ފެށިގެން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކޮލިފައިންގައި ވާދަކުރަމުންނެވެ.

މީގެ ކުރިން މެސެޑޯނިޔާއިން ބޮޑު އެއްވެސް މުބާރާތެއްގައި ކޮލިފައިވެފަ ނުވެއެވެ. ފީފާ ރޭންކިންގެ 65 ވަނައިގަވާ މެސޮޑޯނިޔާއިން މުބާރާތުގައި ވާދަކުރާނީ ނެދަލޭންޑް، އޮސްޓްރިޔާ އަދި ޔުކްރޭންއާ އެއް ގުރޫޕެއްގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.