ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

Author
އަހުމަދު
20 ސެޕްޓެމްބަރ 2026 09:39
0

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އާދިއްތަ ދުވަހުގެ ރޭ އައިޖީއެމްއެޗުގައި އަވަހާރަވެއްޖެއެވެ.

އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ޑރ. މުހައްމަދު އަލީގެ ހަނދާންތައް އައުކުރައްވާފައެވެ. ރައީސް ވިދާޅުވިގޮތުގައި ޑރ. މުހައްމަދު އަލީ އަކީ އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ ދާއިރާއިން މުޖްތަމަޢަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި، ޢިލްމީ ދިރާސާތައް ކުރެއްވި، ދީންވެރި ނަމޫނާ ޝަޚުޞިއްޔަތެކެވެ. އަދި އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދައުލަތަށް 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ޑރ. މުހައްމަދު އަލީ ވަނީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމުގެ އިތުރުން، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަމާއި، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.