ދިވެހި އުފެއްދުންތަކަށް ޚާއްސަ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ދިވެހި އުފެއްދުންތަކަށް ޚާއްސަ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

Author
މުޙައްމަދު ޝަޒައިމް
13 ނޮވެމްބަރ 2020 09:54
0

ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން ހުޅުމާލެ ސެންޓްރޯ މޯލްގައި ފިހާރައެއް ހުޅުވައިފިއެވެ.

'އޮތެންޓިކް މޯލްޑިވްސް’ގެ ނަމުގައި ބީސީސީން ހުޅުވި މިފިހާރަ ހުޅުވައި ދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން އެވެ. މިރަސްމިއްޔާތުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްސަދުގައި ހުޅުވާފައިވާ ފިހާރައެކެވެ. ކުދި ވިޔަފާރިވެރިންގެ 57 އުފެއްދުމެއް މި ފިހާރައިން ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން ހުޅުމާލެ ސެންޓްރޯ މޯލްގައި ބީސީސީން ހުޅުވާފައިވާ ފިހާރައިގައި، މިހާރު ރާއްޖޭގައި މަޝްހޫރުކަން ހޯދާފައިވާ ބައެއް ބްރޭންޑްތަކުގެ އުފެއްދުންތަކާއި ބައެއް އަމިއްލަ ފަރާތްތަކުގެ އުފެއްދުންތައް ހުރެއެވެ. އެގޮތުން ޒީނަތްތެރިވުމަށް ބޭނުންކުރާ ގަހަނާ، ކީ ޗެއިންސް، ދަބަސް، ހެދުން ފަދަ ތަކެތި މިފިހާރައިގައި ހުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.