ކުރެންދޫގައި މިސްކިތެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި

ކުރެންދޫގައި މިސްކިތެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި

Author
މުޙައްމަދު ޖިމީ
11 މެއި 2022 03:01
0

ޅ. ކުރެންދޫ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީއެވެ. މިމްސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ސަޢުދުﷲ ޙީލްމީއެވެ.

360 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް މި މަސައްކަތް ޙަވާލުކޮށްފައިވަނީ  14,231,686.04 (ސާދަ މިލިއަން ދެ ލައްކަ ތިރީސް އެއްހާސް ހަސަތޭކަ އަށްޑިހަ ހަ ރުފިޔާ ހަތަރު ލާރި ) އަށެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވަނީ މިސްކިތުގެ މަސައްކަތް ކޮންޓްރެކްޓްގައިވާ ތާރީޚަށް ނިންމުމަށް އެދިވަޑައިގެންފައެވެ. އަދި މިނިސްޓްރީން އެކަމުގައި ވެދެވެންހުރި އެހީތެރިކަމެއް ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

މިމްސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ސަޢުދުﷲ ޙީލްމީ ވަނީ މިނިސްޓަރ އެދިވަޑައިގެންނެވި ގޮތަށް އެ މަސައްކަތް ކޮންޓްރެކްޓްގައިވާ ގޮތަށް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޅ. ކުރެންދޫ މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް އިމާރާތްކުރެވޭ ޖުމްލަ 700 މީހުންގެ ޖާގަ ހިމެނޭ މިސްކިތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.