ހިޔާ ފްލެޓްގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހާލަތު ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ބައްލަވާލައްވައިފިއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ، ހިޔާ ފްލެޓުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލު ބެއްލެވުމަށް މިނިސްޓަރ ޒިޔާރަތްކުރައްވާ އެ މީހުންގެ ކަންބޮޑވުންތަކާއި ވާހަކަތައް އަޑުއައްސަވާ ވަގުތުކޮޅެއް ހޭދަކުރައްވާފައިވާކަމަށެވެ.
ހިޔާ ފްލެޓުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލު ބެއްލެވުމަށް މިނިސްޓަރ @aishamdidi ކުރެއްވި ޒިޔާރަތުގެ ތެރެއިން pic.twitter.com/S06vEnhm1B
— Ministry of Gender, Family and Social Services (@MoGFSSmv) April 17, 2022
ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ އެފަދަ މީހުންނަށް އެހެން މީހުންގެ އެހީތެރިކަން ބޭނުންވާ ބައެކެވެ. އަދި މިފަދަ ބައެއް މީހުންނަކީ އެހެން މީހުންގެ އެތެރިކަމާއެކު ނޫނީ ދިރިއުޅެންވެސް ދަތި ބައެކެވެ. އެމީހުން ބެލުމަށްޓަކައި ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ ފަހަރުވެސް އާދެއެވެ. ބައެއްފަހަރު އެޚަރަދުތައް ކުރަން މިޖެހެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން މަސައްކަތްކޮށްގެންނެވެ. މިފަދަ ޙާލަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހާ ބަލަހައްޓަން އަގުދީފައި މީހަކު ބަހައްޓަން ޖެހެއެވެ. މާލޭގައި ދިރިއުޅޭ މިފަދަ ގިނަ ޢާއިލާތަކަށް ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ ލިބޭ އެޗަކުން ގެއަށް ކުލި ދެއްކުމަށްފަހު އިތުރު ކަމަކަށް ޚަރދަުކުރުމަށް ފައިސާ ނެތުމެވެ.
އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވެފައިވާ އެކި ކަހަލަ މައްސަލަތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލަ ވަކިން ބޮޑެވެ. ރާއްޖޭގައި ޢިމާރާތްކުރާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ތެރެއިން އެމީހުންނަށް ބައެއް ޚާއްސަކުރުމަށް ސަރުކާރުން ނިންމެވީވެސް މިސަބަބާހުރެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ ޢިނާޔަތްތައް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ނިންމަވާފައެވެ.
ކޮމެންޓު ފޮނުވާ