ހުޅުމާލެ ފަޅުތެރެ ސާފުކޮށް، އެޗްޑީސީން 61 ޖަންބޯ ބޭގްގެ ކުނި ނަގައިފި

ހުޅުމާލެ ފަޅުތެރެ ސާފުކޮށް، އެޗްޑީސީން 61 ޖަންބޯ ބޭގްގެ ކުނި ނަގައިފި

Author
އަހުމަދު
15 ޖޫން 2026 04:40
0

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ހުޅުމާލޭގެ ފަޅުތެރެ ސާފުކޮށް، ގިނަ އަދަދެއްގެ ކުނި ނަގައިފިއެވެ.

އެ ކޯޕަރޭޝަނުން އިއްޔެ ކުރިއަށްގެންދިޔަ މި ހާއްސަ ހަރަކާތުގައި މޫދުން 61 ޖަންބޯ ބޭގްގެ ކުނި ވަނީ ނަގާފައެވެ. އެޗްޑީސީގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވި މި މަސައްކަތުގައި ނެގި ކުނީގެ ތެރޭގައި ގިނައިން ހިމެނެނީ ޕްލާސްޓިކް ފުޅިއާއި ދަޅު ފަދަ ތަކެއްޗެވެ.

މިއީ ހުޅުމާލެއަކީ ރައްކާތެރި އަދި ހިތްފަސޭހަ ސާފު މާހައުލަކަށް ހެދުމަށް އެޗްޑީސީން ސިލްސިލާކޮށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ހަރަކާތެކެވެ. މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ބޮޑެތި ޕްރޮގްރާމްތައް ހިންގާފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި "ކޯސްޓަލް ކްލީނަޕް" ހަރަކާތުގައި އެކަނިވެސް 2122 ކިލޯގެ ކުނި ނަގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.