ކުނާވަށި ރިސޯޓުގައި ގަވާއިދާ ޚިލާފަށް ސީޕްލޭން ޕްލެޓްފޯމެއް ހެދުމުން ޖޫރިމަނާކޮށްފި

ކުނާވަށި ރިސޯޓުގައި ގަވާއިދާ ޚިލާފަށް ސީޕްލޭން ޕްލެޓްފޯމެއް ހެދުމުން ޖޫރިމަނާކޮށްފި

Author
އަހުމަދު
15 ޖޫން 2026 04:40
0

ވ. އަތޮޅުގައި ހިންގާ ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓުގައި، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ފުރިހަމަނުކޮށް ސީޕްލޭން ޕްލެޓްފޯމެއް އެޅުމުން އެ ރިސޯޓު 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ބުނީ، އެ ރިސޯޓު ހިންގާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ސީޕްލޭން ޕްލެޓްފޯމް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެ އޮތޯރިޓީގެ ހުއްދަ ނުހޯދައި ކަމަށެވެ. އީއައިއޭ ގަވާއިދު ބުނާގޮތުން، ތިމާވެއްޓަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކޮންމެ މަޝްރޫއެއް ފެށުމުގެ ކުރިންވެސް ކަމާބެހޭ ހުއްދަތައް ހޯދަންޖެހޭނެއެވެ.

މިއީ އީއައިއޭ ގަވާއިދާ ޚިލާފަށް އެ ކުންފުނިން އަމަލުކުރި ފުރަތަމަ ފަހަރު ކަމަށްވާތީ، ޖޫރިމަނާގެ ގޮތުގައި ކަނޑައެޅި 20،000 ރުފިޔާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީއާރުއޭއިން ވަނީ އަންގާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ހިންގާ މަޝްރޫއުތައް ގަވާއިދާ އެއްގޮތަށް، ކަނޑައެޅިފައިވާ މަރުހަލާތައް ފުރިހަމަކުރުމަށްފަހު ކުރިއަށް ގެންދިއުމަށްވެސް އެ އޮތޯރިޓީން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.