ޖީ.އެސް.ޓީ އާއި ޖޫރިމަނާގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 50,950 ރުފިޔާ އާއި 2.8 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް މެދުފުށި އިންވެސްޓްމަންޓުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް، އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
ހައިކޯޓުން މި މައްސަލަ ބޭރުކޮށްލީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން މިފަދަ ނިންމުންތަކަކީ އިސްތިއުނާފު ނުކުރެވޭނެ އެންމެ ފަހުގެ ނިންމުން ކަމަށް ބުނެ މީރާއިން ހުށަހެޅި އިޖުރާއީ އިޢުތިރާޟު، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ޤަބޫލުކުރުމަށްފަހުއެވެ.
މެދުފުށިން މި ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހު، ގާޒީ އަހްމަދު ޢަބްދުލްމަތީނެވެ. ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޙަސަން ޝަފީޢާއި، ފަނޑިޔާރު ޙުސައިން މަޒީދުގެ އިތުރުން، ފަނޑިޔާރު ފާޠިމަތު ފަރްހީޒާއެވެ.
ކޮމެންޓު ފޮނުވާ