ނޭމާ، މެސީ، އެމްބާޕޭ، އެއް މެޗެއްގައި ފުރަތަމަ ފަހަރަށް ގޯލްޖަހައިފި

ނޭމާ، މެސީ، އެމްބާޕޭ، އެއް މެޗެއްގައި ފުރަތަމަ ފަހަރަށް ގޯލްޖަހައިފި

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2022 09:32
0

ފްރެންޗް ލީގުގައި، ޕީއެސްޖީގެ އެޓޭކުގެ ތިން ތަރިން ކަމަށްވާ ކިލިއަން އެމްބާޕެ، ނޭމާ އަދި ލިއޮނެލް މެސީ، އެއް މެޗެއްގައި ފުރަތަމަ ފަހަރަށް ގޯލް ޖަހައިފިއެވެ.

ތިން ތަރިންގެ ގޯލްތަކާއިއެކު ރޭ ލޮރިއެންޓް އަތުން ޕީއެސްޖީ މޮޅުވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލް 12 ވަނަ މިނެޓުގައި އެމްބާޕެ ދިން ބޯޅައެއްގައި ޖެހީ ނޭމާއެވެ. މެޗުގެ 28 ވަނަ މިނެޓުގައި އިދްރީސާ ގާނާ ގޭއި ތަނަވަސްކޮށްދިން ފުރުސަތަކުން ޕީއެސްޖީގެ ލީޑު ފުޅާކޮށްދިނީ އެމްބާޕޭއެވެ.

މެޗުގެ ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ލޮރިއެންޓުން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަރޭމް މޯފީއެވެ. މި ގޯލާއެކު ލޮރިއެންޓުން އުއްމީދު އާ ކުރި ނަމަވެސް 67 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ދިން ޕާހެއްގައި އެމްބާޕެ އޭނާގެ ދެވަނަ ގޯލް ޖަހައި ޕީއެސްޖީ އަށް ލީޑު ފުޅާކޮށްދިނެވެ.

ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ލޮރިއެންޓުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ވަނީ ގޯލެއް ޖަހައިފައެވެ. މެޗުގެ 56 ވަނަ މިނިޓްގައި ލޮރިއެންޓަށް މި ގޯލު ޖަހައިދިނީ ތަރޭމް މޯފީއެވެ. މި ގޯލާ އެކު ލޮރިއެންޓަށް ކުޑަ ދިރުމެއް ލިބުނު ނަމަވެސް އިތުރު ގޯލެއް ޖެހޭވަރުގެ ކުޅުމެއް ނުދެއްކުނެވެ. ޕީއެސްޖީ ފެނުނީ މާ ވަރުގަދަކޮށެވެ.

ޕީއެސްޖީން ކާމިޔާބުކުރި ފަހު ދެ ގޯލުގައި ވެސް އެމްބާޕެގެ ހިއްސާ އޮތެވެ. މެޗުގެ 73 ވަނަ މިނެޓުގައި އޭނާގެ އެހީއާއެކު މެސީ ޕީއެސްޖީގެ ހަތަރުވަނަ ގޯލް ޖެހިއިރު އިތުރު ވަގުތުގައި ނޭމާ ގޯލް ޖެހީ ވެސް އެމްބާޕެ ދިން ބޯޅައަކުންނެވެ.

ލީގުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 30 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި މާސޭ އޮތީ 30 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.