الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد:
އެއްފަހަރާ އަނބިމީހާއާއި ދިމާލަށް ތިއިނީ 3 ފަށް ވަރިއަކުން ވަރިކޮށްފައޭ ބުނެވިއްޖެނަމަ އެގޮތަށް ވާނެހެއްޔެވެ؟
ފަޟީލަތުއް ޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް- ރަޙިމަހުﷲ- އާއި ސުވާލު ކުރެވުނެވެ. މީހަކު އޭނާގެ އަންހެނުން އެއްފަހަރާ ތިންފަށުން ވަރިކޮށްފިނަމަ ޙުކުމަކީ ކޮބައިތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. މީހަކު އޭނާގެ އަންހެނުން އެއް ޖުމްލައިން ތިންފަށް ވަރިއަކުން ވަރިކޮށްފިނަމަ ތިންފަށް ވާނެ ކަމުގައި ޖުމްހޫރުން ވިދާޅުވެއެވެ. އަދި އެއަންހެން މީހާ ކުރީގެ ފިރިމީހާއަށް ދެން ހުއްދަވާނީ އެހެން ފިރިހެނަކާ ދިރިއުޅުމުގެ މަގްޞަދުގައި ކައިވެނިކޮށް އެއްދާންކުރުމަށް ފަހު ފިރިމީހާ މަރުވުމުން ނުވަތަ ވަރިވުމުންނެވެ.
އެބޭކަލުންގެ ޙުއްޖަތަކީ ޢުމަރު ރަޟިޔަﷲ ޢަންހުގެ ޒަމާނުގައި އެގޮތަށް ޙުކުމް ކުރައްވާފައިވުމެވެ.
ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ ތިންފަށް ވަރިއަކުން ވަރކޮށްފީމޭ ބުނި ނަމަވެސް ވަރިވާނީ އެންމެ ފަހަރަކު ކަމަށެވެ. އަދި އެގޮތަށް ވަރި ކުރި ކަމުގައިވީނަމަވެސް ޢިއްދާގެ ތެރޭގައި އަލުން ކައިވެނި ރުޖޫޢަ ކުރެވޭނެ ކަމަށެވެ. އަދި ރުޖޫޢަ ނުކޮށް ހުއްޓާ ޢިއްދާ ހަމަވެއްޖެނަމަ އަލުން ކައިވެނިވެސް ކުރެވިދާނެ ކަމަށެވެ.
އެބޭކަލުންގެ ދަލީލަކީ އިބްނު ޢައްބާސްގެ އަންނަނިވި ރިވާޔަތެވެ. (كَانَالطَّلاَقُعَلَىعَهْدِرَسُولِاللَّهِ -صلىاللهعليهوسلم- وَأَبِىبَكْرٍوَسَنَتَيْنِمِنْخِلاَفَةِعُمَرَرَضِىَاللَّهُعَنْهُطَلاَقُالثَّلاَثِوَاحِدَةً.فَقَالَعُمَرُبْنُالْخَطَّابِرَضِىَاللَّهُعَنْهُ : إِنَّالنَّاسَقَدِاسْتَعْجَلُوافِىأَمْرٍكَانَتْلَهُمْفِيهِأَنَاةٌفَلَوْأَمْضَيْنَاهُعَلَيْهِمْفَأَمْضَاهُعَلَيْهِمْ). މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައްޔާއި، އަބޫބަކުރު- ރަޟިޔަﷲ ޢަންހު-ގެ ޚިލާފަތުގައި އަދި ޢުމަރު- ރަޟިޔަﷲ ޢަންހު-ގެ ޚިލާފަތުގެ ދެއަހަރުވަންދެން ތިންފަށްވަރި އަކުން ވަރިކޮށްފިނަމަ ވަރިވާނީ އެއްފަހަރެވެ.
ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. މީސްތަކުންނަށް މުހްލަތު ލިބިފައިވާ ކަމެއްގައި އަވަސް އަރުވައިގެންފިއެވެ. އެހެންވީމާ ތިންފަށްވާނެ ކަމުގައި ނިންމާނީއެވެ. އަދި އެގޮތަށް ނިންމެވިއެވެ".
މި ބޭކަލުންގެ އަނެއް ދަލީލަކީ އަބޫ ރުކާނާ އޭ ކިޔުނު ޞަޙާބީ އަކު އޭނާގެ އަނބި ކަނބަލުން އެއްފަހަރާ ތިންފަށް ވަރިއަކުން ވަރިކޮށް، އެކަމާ ދެރަވެގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އައިސް އެވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. "ވަރިވެފައިވަނީ އެންމެ ފަހަރަކުއެވެ".
މި މައްސަލާގައި ރާޖިޙް ގޮތަކީ އެއްފަހަރާ ތިންފަށްވަރި އަކުން ވަރިކޮށްފީމޭ ބުނިނަމަވެސް ވަރިވާނީ އެންމެ ފަހަރަކު ކަމެވެ.
واللهأعلم
ކޮމެންޓު ފޮނުވާ