ޓޮމް ހިޑްލްސްޓަން އެންގޭޖުވެއްޖެ

ޓޮމް ހިޑްލްސްޓަން އެންގޭޖުވެއްޖެ

މާވެލްގެ ސުޕަހީރޯ "ލޯކީ"ގެ ރޯލުން ފެނުން ތަރި ޓޮމް ހިޑްލްސްޓަން އާއި އިނގިރޭސި އެކްޓްރެސް ޒޯވީ އޭޝްޓަން ރަސްމީކޮށް އެންގޭޖްވެއްޖެއެވެ.

މި ފަހުން ބޭއްވި ބްރިޓިޝް އެކެޑެމީ ފިލްމް އެވޯޑްސް (ބާފްޓާ) ހަފުލާގައި ދެމީހުން އެކީގައި ފެނިގެން ދިއުމާއި އެކު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އެހަބަރު ޓޮމް ވަނީ ކަށަވަރު ކޮށްދީފައިއެވެ.

2019 ވަނަ އަހަރު މި ދެތަރިން ލޯބީގެ ގޮތުން ގުޅިފައި ވަނީ ކީގައި ކުޅުނު ފިލްމެއްގެ ތެރެއިންނެވެ. "ބިޓްރެޔަލް" ނަމަކަށް ކިޔާ އެ ފިލްމުގައި ދެމީހުން ފެނުނީ ވެސް ދެމަފިރިންގެ ރޯލުންނެވެ.

ޓޮމްވަނީ ކުރިން ހޮޮލީވުޑް ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާއި އެކުގައި ލޯބީގެ ގޮތުން ގުޅިގެން އުޅެފައިއެވެ. އެމީހުން ވެސް ވަރަށް ސީރިއަސްކޮށް ގިނަ ދުވަސް ތަކެއް ވަންދެއް ލޯބީގެ ގޮތުން ގުޅިގެން އުޅުން މި ދެމީހުން ކައިވެނި ކުރަން އުޅޭ ހަބަރުގެ ވެސް އަޑުގަދަ ވެގެން ދިއައެވެ.

އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ވީހާ ވެސް މީޑިއާއާ ދުރުގައި ގެންގުޅޭ ޓޮމް އާއި ޒޯވީ އެންގޭޖްވިނަމަވެސް އަދި ކައިވެނި ކުރާނެ ދުވަހެއް ނޭގެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *