ކަރީނާ ވެސް އޮންލައިން ޕްލެޓްފޯމަށް

ކަރީނާ ވެސް އޮންލައިން ޕްލެޓްފޯމަށް

Author
ފާތިމަތު ނާވީ
20 މާރޗް 2022 01:12
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ވެސް އޮންލައިން ޕްލެޓްފޯމަކަށް ވެބް ފިލްމެއްގެ މަސައްކަތް ކުރުމަށް ތައްޔާރު ވެއްޖެއެވެ. މިއީ ކަރީނާ ގެ އަލަތު ވެބް ފިލްމެވެ.

މިކަން އިއުލާންކުރަމުން ކަރީނާ ބުނެފައިވާ ގޮތުގައި އޭނާގެ ފުރަތަމަ އޯޓީޓީ ޕްލެޓްފޯމް ޕްރޮޖެކްޓަކީ ނެޓްފްލިކްސްއަށް ތައްޔާރުކުރާ ފިލްމެކެވެ.

ރާއްޖޭގައި މިވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަ ކަރީނާ މި ކަން އިއުލާން ކޮށްފައިވާއިރު ގިނަ ބޮލީވުޑް ތަރިން އަންނަނީ އޯޓީޓީ ޕްލެޓް ފޯމުތަކަށް ނުކުންނަމުންނެވެ.

މި ޕްރޮޖެކްޓްގައި ކަރީނާ އާއެކު މަސައްކަތް ކުރާނީ އޯޓީޓީ ތަރިން ކަމަށްވާ ވިޖޭ ވަރުމާ އާއި ޖައިދީޕް އަހްލަވަތެވެ.

މި ފިލްމާ ގުޅޭގޮތުން މިހާތަނަށް އަދި މާގިނަ މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.