ޔާމީނަށް 2018 ގެ އިންތިޚާބު ގެއްލުނީ ސިޔާސީ ހިސާބު ނުޖެއްސެވުމުން: އަބްދުއްރަހީމް

ޔާމީނަށް 2018 ގެ އިންތިޚާބު ގެއްލުނީ ސިޔާސީ ހިސާބު ނުޖެއްސެވުމުން: އަބްދުއްރަހީމް

Author
އަހުމަދު
29 އޮގަސްޓް 2026 02:51
0

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރެއް ކާމިޔާބުނުވީ ސިޔާސީ ވިސްނުމަކުން ހިސާބު ނުޖެއްސެވުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "އަރާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ގޮތުން ރަނގަޅު ހިސާބެއް ޖެއްސެވި ނަމަ ޔާމީނަށް ދެވަނަ ދައުރެއް ލިބިވަޑައިގަތުމުގެ ފުރުސަތު ބޮޑު ކަމަށާއި، ނަމަވެސް ފެނިގެންދިޔައީ ސިޔާސީ ނޫން ގޮތްތަކަށް މަސައްކަތްކުރެއްވި ތަން ކަމަށެވެ. ސިޔާސީ ތަޖުރިބާ ނެތް ބައެއްގެ މަސައްކަތުގެ ސަބަބުން ސިޔާސީ މަންޒަރު ފުސްވެގެންދިޔަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހއ. ތުރާކުނުން ފެށިގެން އައްޑޫއާ ހަމައަށް ރަށްރަށަށް ވަޑައިގެން، 18,000 އާއި 20,000 އާ ދެމެދުގެ ވޯޓު މަދުވެ އިންތިޚާބު ކާމިޔާބުނުވާނެ ކަން ޔާމީނަށް ދެންނެވި ނަމަވެސް، އެ ވާހަކަތައް ޔާމީން ގަބޫލުފުޅެއް ނުކުރެއްވިއެވެ. މި ކަމަށް މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ހެކިވެވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޑީއާރުޕީން ފެށިގެން ޕީއޭ އަދި ޕީޕީއެމްގެ މަސައްކަތުގައި ވެސް ރައީސް ޔާމީނާ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަވެގެންދިޔައީ އަބްދުއްރަހީމެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ދެ ބޭފުޅުންގެ ދެމެދުގައި ވަނީ މައްސަލަތައް އުފެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.