ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ހުދު އެލާޓެއް ނެރެފި އެވެ.
ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ނެރުނު މި އެލާޓް ހިނގަނީ މިއަދު ހެނދުނު 7:00 އިން މެންދުރުފަހު 1:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯ ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާ ހިސާބަށް ވައިގަދަވެދާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
މެޓް އޮފީހުގެ ލަފާގައިވާ ގޮތުން، މޫސުން ކުޑަކޮށް ރަނގަޅުވި ނަމަވެސް އަންގާރަ ދުވަހުން ފެށިގެން އަލުން ގޯސްވާން ފަށާނެ އެވެ. އެ ދުވަހު ބޯ ވާރޭ ވެހުމުގެ ފުރުސަތު ކުޑަ ނަމަވެސް، ވައިގަދަވުމުގެ ފުރުސަތު ބޮޑެވެ.
މިހާރު ރާއްޖޭގެ ތަފާތު ސަރަހައްދުތަކަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކާއި އާންމުން މޫސުމަށް ސަމާލުވެ ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އެދެ އެވެ.
ކޮމެންޓު ފޮނުވާ