ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ރަށުގެ ރައްޔިތުންނާއި ގެދޮރު ރައްކާތެރިކުރުމަށް ވަގުތުން ކުރިއަށް ނިކުތް ހުރިހާ ފަރާތްތަކަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝުކުރުދަންނަވައިފިއެވެ.
ސޯޝަލް މީޑިއާގައި ލިޔުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، މި ހާދިސާގެ ޚަބަރު ލިބުނީ ވަރަށް ބޮޑު ކަންބޮޑުވުމާއި ހިތާމައާއެކު ކަމަށެވެ.
އެހީތެރިވި ފަރާތްތަކުގެ ތެރޭގައި ރައީސް ފާހަގަކުރެއްވީ އެމްއެންޑީއެފް، ފުލުހުން، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓުގެ އިތުރުން ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިއު ޓީމުތަކެވެ. އަދި ށ. އަތޮޅު ހޮސްޕިޓަލް، ކެޑެޓްކޯ، ފުނަދޫ ކައުންސިލް، ސަރުކާރުގެ އިދާރާތަކާއި ފުނަދޫގެ ރައްޔިތުން ދެއްވި އެއްބާރުލުމަށްވެސް ރައީސް ޝުކުރުދަންނަވާފައިވެއެވެ.
ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަށް އެދިވަޑައިގެން ރައީސް، މުދަލަށް ގެއްލުންލިބުނު ފަރާތްތައް އަވަހަށް ޢާއްމު ޙާލަތަށް ރުޖޫޢަވުމަށް ދުޢާކުރައްވައިފިއެވެ.
ކޮމެންޓު ފޮނުވާ