އާސެނަލްގެ ގާނާގެ މިޑްފީލްޑަރ ތޯމަސް ޕާޓޭ އިސްލާމްވެއްޖެ

އާސެނަލްގެ ގާނާގެ މިޑްފީލްޑަރ ތޯމަސް ޕާޓޭ އިސްލާމްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2022 07:26
0

އާސެނަލް އަށް ކުޅެމުން އަންނަ ގާނާ މިޑްފީލްޑަރު ތޯމަސް ޕާޓޭގެ އިސްލާމް ވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ކުޅިވަރު ނޫސްވެރިޔަކު ކުރި ޓުވީޓުގައި ބުނެފައިވަނީ ތޯމަސް ޕާޓޭ އިސްލާމްވެފައިވާކަމަށެވެ. އޭނާ މުސްލިމުވިކަން ހާމަކުރި ފޮޓޯގައި ޕާޓޭ ހުރީ ހަތިމެއްގައި އަތްލައިގެންނެވެ.

އާސެނަލަށް މިހާރު ކުޅެމުންދާ ހުނަރުވެރި މިޑްފީލްޑަރު ޕާޓޭ ގެނައީ އެތުލެޓިކޯއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 59 މިލިއަން ޑޮލަރު ދައްކައިގެންނެވެ. އުމުރުން 27 އަހަރުގެ ޕާޓޭ ވަނީ 2015 އިން ފެށިގެން އެތުލެޓިކޯ އަށް 188 މެޗު ކުޅެދީފައެވެ.

ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ސީޑޯފް އިސްލާމްވެއްޖެ

ދުނިޔޭގެ މަޝްހޫރު ބައެއް ކުޅުންތެރިން ދޭތެރެ ދޭތެރެއިން އިސްލާމްދީނަށް ވަންނަމުން ދެއެވެ. އެގޮތުން އޭސީ މިލާން، އިންޓަ މިލާން، ރެއާލް މެޑްރިޑް އަދި އަޔެކްސް އަށް ވެސް ކުޅުނު ވަރުގަދަ މިޑްފީލްޑަރު ކްލެރެންސް ސީޑޯފް ވެސް ވަނީ ދާދިފަހުން އިސްލާމް ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.