ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ސީޑޯފް އިސްލާމްވެއްޖެ

ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ސީޑޯފް އިސްލާމްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2022 10:01
0

ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްލެރެންސް ސީޑޯފް އިސްލާމް ވެއްޖެއެވެ.

އޭސީ މިލާން، އިންޓަ މިލާން، ރެއާލް މެޑްރިޑް އަދި އަޔެކްސް އަށް ވެސް ކުޅުނު ވަރުގަދަ މިޑްފީލްޑަރު އިސްލާމް ދީން ގަބޫލުކުރިކަން އިއުލާން ކުރީ އޭނާގެ އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައެވެ. ސީޑޯފް ބުނެފައި ވަނީ މުސްލިމް އާއިލާއާ ގުޅުމުން ލިބެމުން އަންނަ އުފާވެރިކަމުގެ މެސެޖުތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މުސްލިމް އާއިލާއާ ގުޅުމުން ލިބުނު އުފާވެރި ތަހުނިޔާގެ މެސެޖުތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އިސްލާމް ދީނުގެ މާނަ އަހަރެންނަށް އިތުރަށް ތަފްސީލު ކޮށްދިން އަހަރެންގެ (އަންހެނުން) ސޯފިއާ އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން.

– ސީޑޯފްގެ ޕޯސްޓުގައިވެއެވެ.

ސީޑޯފްގެ ޕޯސްޓުގައި ބުނިގޮތުގައި، އިސްލާމް ވިޔަސް އޭނާގެ ފުރިހަމަ ނަން ބަދަލެއް ނުކުރާނެ އެވެ. އަދިވެސް އޭނާގެ ނަމަކީ ކުޑައިރު އޭނާގެ މައިންބަފައިން ދިން ނަން ކްލެރެންސް ސީޑޯފެޑެވެ. ސީޑޯފް އެންމެ ބޮޑަށް ވިދާލާފައި ވަނީ އޭސީ މިލާނަށް ކުޅުނު ދުވަސް ވަރެވެ. އޭނާއަކީ އެ ޓީމުގެ ލެޖެންޑެކެވެ. ސީޑޯފް ވަނީ އޭސީ މިލާނަށް މޮޅު ކުޅުމެއް ދައްކައިފައެވެ.

އޭނާއަކީ ފުޓްބޯޅަ ހަޔާތުގައި ތަފާތު ތިން ކްލަބަކަށް ކުޅެގެން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކުޅުންތެރިޔާއެވެ. އެއީ އަޔެކްސް އަށް 1995 ވަނަ އަހަރު، 1998 ވަނަ އަހަރު ރެއާލް މެޑްރިޑަށް އަދި 2003 އަދި 2007 ގައި އޭސީ މިލާނަށް ކާމިޔާބުކޮށް ދިން ޗެމްޕިއަންސް ލީގު ތައްޓެވެ.

ނެދަލެންޑްސް ގައުމީ ޓީމަށް ސީޑޯފް ވަނީ 1994 އާއި 2008 އާ ދެމެދު 87 މެޗު ކުޅެ 11 ލަނޑު ޖަހައިފަ އެވެ. ގައުމީ ޖޯޒީގައި އޭނާގެ އެންމެ ފުރަތަމަ ފެނިލުމުގައި ވެސް ސީޑޯފް ވަނީ ގޯލު ޖަހައިފައެވެ. ކުލަބް ލެވެލްގައި 889 މެޗު ކުޅުމަށް ފަހު ސީޑޯފް ރިޓަޔާ ކުރީ 2013 ވަނަ އަހަރު ބްރެޒިލްގެ ބޮޓަފޮގޯ އަށް ރިއޯ ޑި ޖެނީރޯ ސްޓޭޓް ލީގު ކާމިޔާބު ކޮށްދީފައެވެ. އޭނާ ކުޅުން ހުއްޓާލީ އޭސީ މިލާނުގެ މެނޭޖަރުކަން ލިބުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.