ރ.ވާދޫ ސްކޫލުގެ 2 ބުރީގެ އިމާރާތެއް އަޅަނީ

ރ.ވާދޫ ސްކޫލުގެ 2 ބުރީގެ އިމާރާތެއް އަޅަނީ

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2022 07:37
0

ރ. ވާދޫ ސްކޫލުގެ 2 ބުރީގެ އިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރެވުނީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނިން މި މަސައްކަތަށް ހުށައަޅުއްވާފައިވަނީ 4,794,256.73 ރ (ހަތަރުމިލިޔަން ހަތްލައްކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ ފަންސާސް ހަރުފިޔާ ހަތްދިހަ ތިންލާރި)އަށް މި މަސައްކަތް 99 ދުވަސް ތެރޭގައި ނިންމެވުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެގްރިމަންޓްގައި ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އިބްރާހީމް ނައުޝާދު. އަދި ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ސައީދް މުޙައްމަދުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.