އަންނަ އަހަރު އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލަނީ

އަންނަ އަހަރު އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލަނީ

Author
މުޙައްމަދު ޝަޒައިމް
09 ނޮވެމްބަރ 2020 09:56
0

އަންނަ އަހަރު ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އައު ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ރޭވިފައިވާއިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ އާމްދަނީ އިތުރުކުރުމަށާއި ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ ގޮތުން އަންނަ އަހަރު އާމްދަނީގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަން ރޭވިފައިވާކަމަށެވެ. އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގައިވާ އެއަރޕޯޓް ސަރވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ބަދަލު ގެނައުމުގެ ބިލް ފާސްވެ، އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން ތަންފީޒުކުރެވޭނެކަމަށް ލަފާކޮށްފައިވާނެ. އަދި ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކޮށް، މި ސިނާއަތުން އާމްދަނީ ހޯދުމަށް ބެލިފައިވާނެކަމަށެވެ.

ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން އައު ރިޒޯޓްތައް ތަރައްޤީކުރުމަށް ހުޅުވާލުމަށް ރޭވިފައިވޭ. އަދި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އައު ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ރޭވިފައިވޭ

– އިބްރާހިމް އަމީރު

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ ރަށްތަކުގެ ބިން، ވަކިން ޚާއްސަކޮށް ހިއްކާފައިވާ ބިންތަކުގެ ވަކި އިންސައްތައެއް، އާންމުނަށް ވިއްކުމަށް ހުޅުވާލެވޭނެކަމަށެވެ. އަދި ލެގޫން ލޭންޑް ކޮންސެޕްޓެެއް ތައާރަފްކޮށް، ވަކި އުސޫލުތަކެއްގެ ތެރެއިން ރަށްރަށުގެ ފަޅުތައްވެސް ބިމެކޭ އެއްގޮތަށް ތަރައްޤީކުރުމަށް ހުޅުވާލެވޭނެކަމަށެވެ. މީގެ އިތުރުން ޕާކިންގ ސްލޮޓްތައް ހަދައި ކުއްޔަށްދިނުމާއި ކޮންޖެޝަން ޗާޖެއް ތައާރަފުކުރުމަށްވެސް ރޭވިފައިވާކަމަށެވެ. މިގޮތުން އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކުން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ ހޯދޭނެކަމަށް އަންދާޒާކޮށްފައިވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.