ޝަރުޢީ ނިޒާމަށް ސަރުކާރުން ނުފޫޒް ފޯރުވިނަމަ ރައީސް ޔާމީނަށް 3 ޢަދަދުގެ ޖަލު ހުކުމެއް އިއްވީސްކަމަށް މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މެންބަރު ޒަރީރު މިހެން ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ޤާނޫނު އަސާސީއަށް ހުށައެޅުއްވި އިޞްލާހަށް މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، އިދިކޮޅުން ޝަރުޢީ ދާއިރާ އިޞްލާހު ކުރުމަށް ޭނުންވަނީ ހަމައެކަނި ޖޭއެސްސީއަށް ބަދަލު ގެނެސްގެންކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުގައި ޖޭއެސްސީއަށް މަޖިލީހުން އައްޔަންކޮށްފައިވާ މެންބަރު ޖޭއެސްސީގައި އިންނެވުމަށްފަހު ކޯޓްތަކުގައި މައްސަލަތަކުގައި ވަކާލަތު ކުރަމުން ދިޔަކަމަށެވެ. ޒަރީރު އެ އިޝާރާތްކޔރެއްވީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާއަށެވެ.
ނަމަވެސް މިހާރު އެ ނުފޫޒް ނުފެންނަކަމަށް ޒަރީރު ވިދާޅުވިއެވެ. ޒަރީރު ވިދާޅުވީ މި ފަހުގެ ތާރީޚުގައި ޝަރުޢީ ދާއިރާ މިނިވަންވެފައިވާކަމަށް އިދިކޮޅު ފަރާތްތަކުންވެސް މިހާރު ޤަބޫލުކުރާކަމަށެވެ.
ޒަރީރުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ޝަރުޢީ ދާއިރާގައި އަދިވެސް ކަންބޮޑުވާ ކަންކަން އެބަހުރިކަމަށާއި، އެގޮތުން ކޯޓުތަކުގައި މައްސަލަތައް ނުނިމި ދިގުލައިގެންދާކަމަށާއި، ހުކުމް ކުރެއްވުމަށްފަހު އެހުކުމް ތަންފީޒްކުރުމަށްވެސް ދިގުލައިގެން ދާކަމަށް ޒަރީރު ވިދާޅުވިއެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުގެރިޔާސީ ވަޢުދެކެވެ، އަދި އެޖްނޑާ 19ގެވެސް ބައުދެކެވެ. ނަމަވެސް ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުން ލަސްވާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިއާއެކު މެންބަރު ޠާރިޤް ޖޭއެސްސީ ބަދަލުކުރުމަށް ހުށައެޅި ބިލަށް އެމްޑީޕީ މެންބަރުން ވަނީ ފާޑުވިދާލުވެފައެވެ. ޖޭއެސްސީ ބަދަލުކުރާނީ އެމްޑީޕީން ހުށައަޅާ ބިލަކުންކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފައެވެ. ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބޭތީ އެއީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވޭނެ ގޮތެއް ކަމަށް ބުނެ ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ