"ވެކްސިން ފުރިހަމަވިކަމަށް ބަލާނީ 3 ޑޯޒް ޖެހުމުން"

"ވެކްސިން ފުރިހަމަވިކަމަށް ބަލާނީ 3 ޑޯޒް ޖެހުމުން"

ކޯވިޑް-19 ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލާނީ، ކޯވިޑްގެ ދެ ވެކްސިނާއެކު ބޫސްޓާ ޑޯޒް ވެސް ފުރިހަމަކޮށްފައިވާ ފަރާތްތައްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުތަކަށް ގެނެވުނު ބަދަލާއިއެކު، ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށް ބަލާނީ ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނެވެ. އަދި ދެ ޑޯޒް ޖެހުމަށްފަހު 8 މަސް ދުވަސް ނުވާ މީހުންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އާ އުސޫލާއެކު ކޯވިޑް ވެކްސިން ފުރިހަމޮށްފައިވާ މީހުންނަށް ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ކޯވިޑް ކޮންޓެކްޓުން އަލާމާތެއް ނެތްނަމަ ކަރަންޓީންވާކަށް ނުޖެހޭނެއެވެ. އަދި އަލާމާތެއް ހުރިނަމަ ޓެސްޓް ހެދުމަށްފަހު ނެގެޓިވްނަމަވެސް ކަރަންޓީންވާކަށް ނުޖެހޭނެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެ ސަރަޙައްދުން 927 މީހުން އަދި އަތޮޅުތަކުން 1674 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. މިއާއެކު ރާއްޖޭގައި ކޯވިޑްގެ ބޫސްޓަރ ޑޯޒް މިހާތަނަށް 72825 މީހަކު ވަނީ ޖަހާފައެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ތިންޑޯޒު ޖާފަވަނިކޮއް ކޮވިޑު ޖެހިއްޖެނަމަ ލިބޭގެއްލުމުގެ ބަދަލު ނުވަތަ ކޮވިޑުޖެހިގެން މަރުވެއްޖެނަމަ މަރުގެދިޔަ ސަރުކާރައް ދެވިދާނެތޯ؟

  2. ތިޔަ ވެކްސިން ހެޔޮ ދުވަހަކު ފުރިހަމަނުވިޔަސް ތިން ޑޯޒު ކީއްކުރަން އަހަރެންގެ ހާލަތު ހުރި ގޮތުން މަށައް ގެޔައް އައިސް ތިއެއްޗެއް ޖަހާދޭ ށޭ ދެން މައްސަލައެއްނެތް ކޮންމެހެން ޖަހާކައްވެސް ބޭނުމެއް ނޫން ޝުކުރިއްޔާ

Leave a Reply

Your email address will not be published. Required fields are marked *