އުޝާމް؛ ޝިފާއުއަށް: ނިޒާމް ފުޑާލި ބަޔަކު ވައްކަން ބަލާ ވާހަކަ ނުދައްކަވާ

އުޝާމް؛ ޝިފާއުއަށް: ނިޒާމް ފުޑާލި ބަޔަކު ވައްކަން ބަލާ ވާހަކަ ނުދައްކަވާ

Author
މުޙައްމަދު ޝަޒައިމް
29 ޖެނުއަރީ 2022 10:40
0

ރާއްޖޭގައި ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނިޒާމު ފުޑާލިބަޔަކު ވައްކަމުގެ ކަންކަން ބަލާވާހަކަ ދެއްކުން މާ ރަނގަޅު ނޫންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝަމް މިފަދައިން ވިދާޅުވީ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދު ނޫން ފަރާތެއް ހޮވައިގެން ގައުމުގައި ހިންގާފައިވާ ވައްކަންތައް ނުބެލޭނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

އުޝާމް ވިދާޅުވީ، ޤާނޫނު އަސާސީން ރާއްޖޭގެ ވައްކަމާއި ކޮރަޕްޝަންގެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނަކީ އެންޓި ކޮރަޕްޝަން ކޮމިޝަންކަމަށެވެ. އެކޮމިޝަން އުވާލައި، ކޮމިޝަން ޤާނޫނީ ހުސްކަމެއްގައި އެތައް ދުވަހު ބާއްވާފައިވާފައި ކޮރަޮޕްޝަންގެ ކަންކަން ބަލާވާކަ ދައްކަން އެމްޑީޕީ ބޭފުޅުން މާ ރަނގަޅު ނޫންކަމަށް އުޝާމް ވިދާޅުވިއެވެ.

ސަރުކާރުންކުރާ ވައްކަމުގެ އަމަލުތައް ބަލާތީ އެމައްސަލަތައް ބެލުމަށް ގާނޫނު އަސާސީން އުފައްދާފައިވާ ACCގެ މެންބަރުންގެ އިތުބާރު ނެތްކަމަށްބުނެ މަގާމުން ވަކިކޮށް ގާނޫނު އަސާސީން ކަޑައަޅާފައިވާ ވައްކަމާ ކޮރަޕްޝަންގެ އަމަލުތައް ބެލުމުގެ ނިޒާމް ފުޑާލި ބަޔަކު ވައްކަން ބަލާ ވާހަކަ ނުދެއްކިއްޔާ ރަގަޅުވާނީ.

– އުޝާމް ވިދާޅުވިއެވެ.

އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމުމާއި ގުޅިގެންނެވެ.

އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން އެކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ވަނީ ކޮމިޝަނުން ބޮޑެތި ގޮންޖެހުންތަކާއެކު ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ށ ށަވިޔަނި
އުޝާމުވެސް ލޮނުމަޑުވެގެން ތިއިންނަނީ ނިކަންތެދުވެ އެންމެން އެކައްޗެއް ކިޔާާ ޕީޕީއެމްއާ އެއްކޮށް މަސައްކަތް ކޮށް ގޮނޑި ކޮޅެއްގަ ޖައްސާބަލަ ހާދަ ބިރެކޭދޯ ސަރުކާރުދެކެތިގަންނަނީ