ބޫސްޓަރ ޑޯޒް ނުޖަހާނަމަ 14 ދުވަހުގެ ކަރަންޓީނެއް!

ބޫސްޓަރ ޑޯޒް ނުޖަހާނަމަ 14 ދުވަހުގެ ކަރަންޓީނެއް!

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2022 03:13
0

ކޯވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ނުޖަހާނަމަ 14 ދުވަހަށް ކަރަންޓީނުވާން ޖެހޭގޮތަށް ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާކަމަށް އެޗްޕީއޭއިން ބުންފިއެވެ.

އެޗްޕީއޭއިން މިހާރުދަނީ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ހަމަވެފައިވާ، ނަމަވެސް މިހާތަނަށް ޖަހާފައިނުވާ މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނަށް ލިބިދޭ ލުއިތަކުން އުނިކުރުމަށް މަޝްވަރާ ކުރަމުންނެވެ. މިހާރު ޕޮޒިޓިވްވާ މީހުން 7 ދުވަހުގެ ކަރަންޓީނެއްގައި މަޑުކޮށް ކޮންޓްކްޓެއްނަމަ 10 ދުވަހުގެ ކަރަންޓީނެއްގައި އަންނަނީ މަޑުކުރަމުންނެވެ. އޭގެ ބަދަލުގައި މިހާރު ބޫސްޓަރ ޑޯޒް ނުޖަހާ ފަރާތްތަކުން ކަރަންޓީނު ވާންޖެހޭ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ކޯވިޑްގެ ބޫސްޓަރ ޑޯޒް ޖަހަން މަޖުބޫރުކޮށް ފިޔަވަޅު އަޅަން ނިންމާފައިވާ އެންމެ ބޮޑު ސަބަބަކީ ކޯވިޑްގެ ހަތަރުވަނަ ރާޅާއެކު ބަލިޖެހޭ މީހުންގެ ޢަދަދު ދެގުނައަށް އިތުރުވަމުންދާ ދަނޑިވަޅަކަށް ވުމުންނެވެ. ނަމަވެސް މި އުސޫލަށް ކަނޑައެޅިގެން ޢަމަލުކުރަން ފަށާނެ ދުވަހެއް ނޭނގެއެވެ.

ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރަކުން ފެށިގެންވަނީ ޖަހަންފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ބޫސްޓަރ ޑޯޒް ޖަހަމުންދިޔައީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނާއި 50 އަހަރުން މަތީގެ މީހުންނާއި ދިފާޢީ ނިޒާމު ބަލިކަށި މީހުންނެވެ. ނަމަވެސް މި މަހުގެ 15ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ މީހުންނަށް ޢާންމުކޮށް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ވަނީ ހުޅަވާލާފައެވެ.

ރާއްޖޭގައި މިހާތަނަށް 49 ހާހަށްވުރެ ގިނަ މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

. ........
ކޮވިޑަށް ޕޮޒިޓިވް ވުމުން 7 ދުވަސް. ކޮންޓެކްޓުންނަށް 10 ދުވަސް. ބޫސްޓާ ޑޯޒް ނުޖެހުމަށް 14 ދުވަސް. ޕޮޒިވް ވީމާ މަގުމައްޗަށް ދޫކޮށްލައި ބޫސްޓާ ނުޖަހާ މީހުން ކަރަންޓައިން ކުރަން މަޝްވަރާ ނުކޮށްފިއްޔާ ވާރަނގްޅު.