އިދާރީ ސަބަބުތަކާއިހުރެ މަޚުލޫފްގެ ޝަރީއަތް ކެންސަލް

އިދާރީ ސަބަބުތަކާއިހުރެ މަޚުލޫފްގެ ޝަރީއަތް ކެންސަލް

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2022 12:00
0

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފު މައްޗަށް އުފުލާފައިވާ ދަޢުވާގެ މިއަދު ޝަރީއަތް ކެންސަލް ވެއްޖެއެވެ.

މިނިސްޓަރ މަޚުލޫފުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00(ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފަށް ލިބިފައިވާ މައްސަލާގައެވެ.

މިމައްސަލައިގެ އަޑުއެހުން މިއަދު 11 ޖަހާއިރަށް ތާވަލް ކުރި ނަމަވެސް، އިދާރީ ސަބަބުތަކާއި ހެދި މިއަދުގެ އަޑުއެހުންވަނީ ކެންސަލް ކޮށްފައެވެ.

އެސްއޯއެފްގެ ޗެކަކުން މަޚުލޫފުގެ އެކައުންޓަށް 33,000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި އަޙްމަދު މަޚްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، އަޙްމަދު މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ، އަޙްމަދު އަދީބު، އަޙްމަދު މަޚުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން އެގެން އޮތްކަމަށެވެ.

މަޚްލޫފްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެއެވެ. އަދި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޭނާގެ މައްޗަށް އަތުވެއްޖެ ނަމަ އޭނާގެ ވަޒީރުކަމުގެ މަގާމު ވެސް ގެއްލޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.