ޢާންމުންނަށް ބޫސްޓަރ ޑޯޒް ޖަހައިދެން ފަށައިފި

ޢާންމުންނަށް ބޫސްޓަރ ޑޯޒް ޖަހައިދެން ފަށައިފި

ކޮވިޑް1-19އިން ރައްކާތެރިވުމަށްޓަކައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމުގެ ދަށުން ޢާއްމުކޮށް ހުޅުވާލައިގެން ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހަން މިއަދު ފަށައިފިއެވެ. އެޕޮއިންޓްމަންޓް އުސޫލުން ވެކްސިން ޖަހަން ހުކުރު ދުވަހު ހުޅުވާލިނަމަވެސް ވެކްސިންގެ ބޫސްޓަރ ޑޯޒް ޢާއްމުނަށް ޖަހަން ފެށީ މިއަދުއެވެ.

މީގެ ކުރިން ބޫސްޓަރ ޑޯޒް ޖަހައިދެމުން ގެންދިޔައީ ހަމައެކަނި ޚާއްސަ ކެޓަގަރީތަކަށް ނިސްބަތްވާ މީހުންނަށެވެ. އެގޮތުން ކޯވިޑްގެ ޙާލަތުގައި އިސް ސަފުގައި ޙަރަކާތްތެރިވާ މީހުންނަށާއި ބައްޔަކާ ގުޅިގެން ނުވަތަ ގުނަވަން ބަދަލުކުރުމުގެ ސަބަބުން ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށެވެ. އެހެންނަމަވެސް އެވްރެޖްކޮށް ދުވާލަކު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 1000އާ ގާތްވުމުގެ ސަބަބުން އެޗްޕީއޭއިންވަނީ ބޫސްޓަރ ޑޯޒް ޖެހުމަށް ޢާއްމުނަށް ހުޅުވާލާފައެވެ. ވެކްސިންޖެހުމަށްBook.hpa.gov.mv މެދުވެރިކޮށް ރަޖިސްޓަރ ވާން ޖެހެއެވެ.

ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ދަމަނަވެއްޓާއި ހުޅުމާލޭ ހޮސްޕިޓަލާއި ސެނަހިޔާ ހޮސްޕިޓަލާއި ދަރުބާރުގެއިންނެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހަންޖެހޭ އާބާދީއަށް ނިސްބަތްވާ ހުރިހާ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ކޯވިޑްގެ ކޭސްތައް އިތުރުވެފައިވަނީ ސްކޫލް ބަންދާ އަދި އާއަހަރާ ދިމާކޮށް ކުރިއަށްގެންދިޔަ އެކި އެއްވުންތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުނުވެވުމުގެ ސަބަބުންނެވެ. އެގޮތުން ޑިސެމްބަރު މަހުގެ ފަހު ހަފްތާއިން ފެށިގެން ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަންނަނީ ކޮންމެ ދުވަހަކު އިތުރުވަމުންނެވެ. މިގޮތުން އެޗްޕީއޭއިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށްބަލާއިރު ރާއްޖެއިން 900 އަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި މީގެ ތެރެއިން 470އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަޙައްދުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *