މިދިޔަ މަހު އެކަނިވެސް އެސްޓީއޯ އިން 41 ހާހަށްވުރެ ގިނަ ބަސްތާގެ ކާޑު އަތޮޅުތަކަށް ފޮނުވައިފިއެވެ.
އެސްޓީއޯއިން ޢާންމުކޮސްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އަތޮޅުތަކުން 506 އޯޑަރަކަށް 41،754 ބަސްތާގެ ކާޑު އަތޮޅުތަކަށް ފޮނުވާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 18،458 ބަސްތާ ހަނޑުލާއި، 5،868 ބަސްތާ ހަކުރުގެ އިތުރުން 17،431 ބަސްތާ ގޮދަން ފުށެވެ.
The supply of staples for October 2020. pic.twitter.com/BzNoSwqzre
— STO Plc (@stoplc) November 4, 2020
އަތޮޅުތަކުގެ އިތުރުން މާލޭގެ އެކި ފިހާރަކުން ކޮށްފައިވާ 2،052 އޯޑަރަށް 19،079 ބަސްތާ ހަނޑުލާއި، 4،756 ބަސްތާ ހަކުރާއި، 10،748 ބަސްތާ ފުށް ބަސްތާ ފޮނުވާފައިވެއެވެ.
ކޯވިޑް-19އާއި ގުޅިގެން މުޅި ރާއްޖެއަށް އެއްވެސް ދައްޗެއްނުވެ ކާޑުގެ ބާވަތްތައް ލިބޭނެ އިންތިޒާމް އެސްޓީއޯއިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން އިންޑިއާ ސަރުކާރުންވެސް ރާއްޖެއަށް ކާޑުގެ ބާވަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީފައިވެއެވެ.
އެސްޓީއޯއިން އަންނަނީ ކޯވިޑް-19އާއި ގުޅިގެން މާލެއާއި އަތޮޅުތަކަށް ފަސޭހައި ކާޑުގެ ބާވަތްތައް ފޮނުވޭނެ އިންތިޒާމް ހަމަޖައްސާ، އޮންލައިންކޮށް ފައިސާ ދައްކާ ފަސޭހައިން އެތަކެތި ޑެލިވަރީ ކޮށްދެވޭނެ ގޮތް ތަނަވަސްކޮށްދެމުންނެވެ.
ކޮމެންޓު ފޮނުވާ