އަވަގުރާނަ ގޮވި މައްސަލާގައި މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުން މޮސްޓާ ބޭރުކޮށްފި

އަވަގުރާނަ ގޮވި މައްސަލާގައި މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުން މޮސްޓާ ބޭރުކޮށްފި

Author
މުޙައްމަދު ޖިމީ
24 ޑިސެމްބަރ 2021 10:55
0

އަވަގުރާނަ ގޮވި މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ބޭރުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު މަޖިލީގުގެ ވަޓްސްއަޕް ގްރޫޕްގައި ހިނގި ބަހުގެ ހަމަލާތަކުގެ ތެރެއިން މޮސްޓާ ވަނީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރުގެ މަންމާފުޅަށ ްނިސްބަތްކުރައްވާ ހުތުރުކޮށް މުޚާޠަބުކުރައްވާފައެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް މަޖިލީހުގެ އަމީން ޢާންމު ކުރެއްވި މެސެޖުގައި ވަނީ، އެގްރޫޕަކީ އިދާރީ ގޮތުން މެންބަރުންނަށް އަންގަން ޖެހޭ އެންގުންތައް އެންގުމަށް އުފައްދާފައިވާ ގްރޫޕެއްކަމަށެވެ. ނަމަވެސް އެ ގްރޫޕުގައި ބޭއަދަބީ މެސެޖްތައް ލިޔުއްވައި ގްރޫޕުގެ މަޤްޞަދު ގެއްލޭ ގޮތަށް ތަކުރާރުކޮށް މެންބަރު ނަޝީދު އަމަލުކުރައްވަމުން ގެންދަވާ ކަމަށް އަމީން ޢާންމު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަމާއި ގުޅިގެން ނަޝީދަށް ފިޔަވަޅު އެޅުއްވުމަށް ގިނަ މެންބަރުންތަކެއް އެދިވަޑައިގެންފައިވާކަމަށްވެސް އަމީން ޢާންމު ވިދާޅުވިއެވެ.

އެހެންކަމުން ހުތުރުބަހުން ވާހަކަފުޅު ދެއްކެވި މެންބަރު އެގްރޫޕުން ނެރުމަށް ނިންމެވީކަމަށް ނިއުޝާ ވިދާޅުވިއެވެ. އަދި އެހެން ވިދާޅުވުމަށްފަހު މެންބަރު އެ ގްރޫޕުން ބޭރުކުރެއްވިއެވެ.

މީގެ ކުރިންވެސް ބޭއަދަބީ ބަހުން އެ ގްރޫޕްގައި ވާހަކަ ދެއްކި މައްސަލައެއް ފެންމަތިވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.