އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް، 38 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި!

އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް، 38 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި!

Author
މުޙައްމަދު ޖިމީ
22 ޑިސެމްބަރ 2021 01:14
0

2016 ވަނަ އަހަރާއި 2017 ވަނަ އަހަރު އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ އަތޮޅު ކައުންސިލްތަކަށް ފިނޭންސް މިނިސްޓްރީން ދޫކޮށްފިެވެ.

ފިނޭންސް މިނިސްޓްރީން ތަފާސްހިސާބުތައް ދައްކާގޮތުން 2016ވަނަ އަހަރު އަތޮޅު ފިހާރަތަކުން 20 އަތޮޅަކަށް 17،911،570.88 (ސަތާރަ މިލިޔަން ނުވަ ލައްކަ އެގާރަ ހާސަ ފަސް ސަތޭކަ ހަތްދިހަ ރުފިޔާ އަށްޑިހަ އަށް ލާރި) ވަނީ ދޫކޮށްފައެވެ. އަދި 2017ވަނަ އަހަރަށްވާ 20،525،983.14 (ވިހި މިލިޔަން ފަސް ލައްކަ ފަންސަވީސް ހާސް ނުވަ ސަތޭކަ އަށްޑިހަ ތިން ރުފިޔާ ސާދަ ލާރި)ވަނީ ދޫކޮށްފައެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދިނުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ. އެގޮތުން ޤާނޫނަށް ގެނައި ބަދަލާ އެކު ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތް ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

2014ވަނަ އަހަރުން ފެށިގެން އަތޮޅު ފިހާރަތަކުން ރަށްރަށުގެ ކައުންސިލްތަކަށް އެއްވެސް ފައިސާއެއް ދޫކޮށްފައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރުން އެފައިސާ ކައުންސިލްތަކަށް ދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.