ލަންކާގައި އުޅޭ ދިވެހިންނަށް އަމާޒުކޮށް ދިވެހި ސަރުކާރުން އެ ގައުމުގައި ހިންގަމުން އަންނަ އެމް.އީ.ސީ.ސީ ނުވަތަ ސޯސަންވިލާއިން ބޭއްވި ޤުރުއާން މުބާރާތް 1442 ގެ ނަތީޖާ ފާޅުކޮށް ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދީފިއެވެ.
ލަންކާގައި އުޅޭ ހުރިހާ ދިވެހިންނަށް ހުޅުވާލައިގެން ސޯސަންވިލާއިން ބޭއްވި މުބާރާތުގައި ސަތޭކައަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައި ވަނީ އައިޝަތު އީނާ ހަސަންއެވެ. މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައި ވަނީ އައިޝަތު އައިނީ މުޙަންމަދެވެ.
ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 2 ވަނަ ހޯދާފައި ވަނީ ފާތިމަތު ޝައިޚާ އިބްރާހިމްމެވެ. މިބައިން މުޅި މުބާރާތުން 3 ވަނައަށް ދެ ދަރިވަރަކު ގޮސްފައިވެއެވެ. އެއީ ސާރާ އައިނީ މުޙަންމަދާއި އައިމިނަތު ލުޔޫނާ މުޙަންމަދެވެ.
ނުބަލައި ކިޔެވުމުގެ ގޮފިން މުޅިމުބާރާތުން 2 ވަނައަށް ދެ ދަރިވަރަކު ގޮސްފައިވެއެވެ. އެއީ ފާތިމަތު ޝައިޚާ އިބްރާހިމް އާއި އާދަމް ލަޔާން މުޙަންމަދެވެ. މިގޮފިން މުޅިމުބާރާތުން 3 ވަނައަށްވެސް ދެ ދަރިވަރަކު ގޮސްފައިވެއެވެ. އެއީ އަލީ އިޒްކާން ހަސަން އާއި ޔޫނުސް ކައިފް މުޙަންމަދެވެ.
އުމުރުފުރާ ތަކުން 6 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދީ އަބްދުﷲ ޔޫއާން މުޙަންމަދެވެ. 2 ވަނަ ހޯދީ ފާތިމަތު އަލީސާ އަބްދުﷲއެވެ. 3 ވަނަ މަރިޔަމް ނަޔާ ނާފިއެވެ. މިގޮފިން 9 އަހަރުން ދަށުގެ 2 ވަނަ ހޯދީ އާލާ މުޙަންމަދު ޖަމީލެވެ. 3 ވަނަ ހަސަން އަލީ އިޒްކާންއެވެ. ބަލައިގެން ކިޔެވުމުން 12 އަހަރުން ދަށުގެ 2 ވަނަ ހޯދީ މަރިޔަމް އީޝަލް ޔާސިރެވެ. 3 ވަނަ ސާރާ މުޙަންމަދެވެ. މިގޮފިން 15 އަހަރުން ދަށުން 2 ވަނަ އައިޝަތު ރާޔާ ސައިމަން ހޯދިއިރު، 3 ވަނައަށް ދެ ކުއްޖަކު ގޮސްފައިވެއެވެ. އެއީ މުޙަންމަދު މައިހާން ޝާހިދާއި މުޙަންމަދު މިޝަލް ހަސަންއެވެ. އެންމެ ދޮށީ އުމުރުފުރާ ކަމަށްވާ 18 އަހަރުން ދަށުގެ 2 ވަނަ ހޯދީ ނިހާ ނާހިދެވެ. 3 ވަނަ ހޯދީ ޒަމާ އަބްދުﷲ ޚަލީލެވެ.
ނުބަލައި ކިޔެވުމުގެ ގޮފިން 6 އަހަރުން ދަށުގެ 1 ވަނަ ހޯދީ އަލްސާ މުޙަންމަދު ޝަރީފެވެ. 2 ވަނަ ހޯދީ އަބްދުﷲ ޔޫއާން މުޙަންމަދެވެ. 3 ވަނަ އައިދިން މުޙަންމަދު އިލްހާމެވެ. 9 އަހަރުން ދަށުން 1 ވަނަ ހޯދީ އަލީ އިޒްކާން ހަސަންއެވެ. 2 ވަނަ ހޯދީ އާލާ މުޙަންމަދު ޖަމީލެވެ. 3 ވަނަ ސާރާ އައިނީ މުޙަންމަދެވެ. ނުބަލައި ކިޔެވުމުގެ ގޮފިން 12 އަހަރުން ދަށުން 1 ވަނަ ހޯދީ ޔޫނުސް ކައިފް މުޙަންމަދެވެ. 2 ވަނަ ހޯދާފައި ވަނީ މަރިޔަމް އީޝަލް ޔާސިރެވެ. 3 ވަނަ ސާރާ މުޙަންމަދެވެ. މިގޮފިން އެންމެ ދޮށީ އުމުރުފުރާ ކަމަށްވާ 15 އަހަރުން ދަށުން 1 ވަނަ ހޯދާފައި ވަނީ އައިޝަތު އައިނީ މުޙަންމަދެވެ. 2 ވަނައަށް ދެ ކުއްޖަކު ގޮސްފައިވެއެވެ. އެއީ ފާތިމަތު ޝައިޚާ އިބްރާހިމާއި އާދަމް ލަޔާން މުޙަންމަދެވެ. 3 ވަނައަށް ދިޔައީ އަޙްމަދު އަޙްޒަމް އަޒީލެވެ.
ސޯސަންވިލާގައި އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒަޤެވެ. މި ރަސްމިއްޔާތުގައި ބަންގްލަދޭޝްއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތޯރިޤް އެމްޑީ އާރިފުލް އިސްލާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.