ރ. އަތޮޅު ވާދޫގައި މީދަލުގެ އުނދަގުލުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަ ކުރުުމުގެ ގޮތުން ބާއްވަމުންދާ މުބާރާތުގައި 7 ޓީމު ދަނީ ވާދަކުރަމުންނެވެ.
މިމުބާރާތުގެ މިއަދުގެ ނިޔަލަށް ނަތީޖާ ދައްކާގޮތުން ދެ ނައީމްގެ ޓީމުން ވަނީ ގިނަ އަދަދެއްގެ މީދާތަކެއް ހިފާފައެވެ. ޖުމްލަ 7 ޓީމު ވާދަކުރާ މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 5 ވަނަ ދުވަހު މެންދުރު 12 ޖެހުމާއި ހަމައަށެވެ. ދެ ނައީމުގެ ޓީމުން މިއަދު ވަނީ 24 މީދާ ހިފާފައެވެ.

މިމުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ވާދޫ ކައުންސިލުން ވަނީ ބުނެފައެވެ.
ވާދޫ ކައުންސިލުން ފުޓްސަލް މުބާރާތް ނުބާއްވައި މީދާ ހިފުމުގެ މުބާރާތެއް ބާއްވާތީ އެ ރަށު ޒުވާނުންތަކެއް އެކަމާ ދެކޮޅަށް ވަނީ މުޒާހަރާކޮށްފައެވެ. އެ ޒުވާނުން ކައުންސިލާ ހަވާލާދީ ބުނި ގޮތުގައި ފުޓްސަލް މުބާރާތް ބާއްވަން ކައުންސިލްގެ ބަޖެޓެއް ނެތެވެ. އަދި ކައުންސިލްގައި ނެގި ވޯޓުގައި ފުޓްސަލް މުބާރާތެއް ބާއްވަން ނުފެންނަ ކަމަށް ވޯޓަށް އަހައި ނިންމާފައިވާ ކަމަށް ވެސް އެ ރަށުގެ ބައެއް ޒުވާނުން ވަނީ ތުހުމަތުކޮށްފައެވެ.
މިއީ ރާއްޖޭގައި މިހާތަނަށް މީދާ ހިފުމަށް ކައުންސިލަރުން އިސްނަގައިގެން މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ