ލ. އަތޮޅާއި، ތ.އަތޮޅުގެ ފެރީގެ ޚިދުމަތް މިމަހުގެ ތެރޭގައި ހަގީގަތަކަށް ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ލ.އަތޮޅާއި ތ.އަތޮޅުގެ ފެރީގެ ޚިދުމަތާއި ގުޅޭގޮގުން ޓްރާސްޕޯޓް މިނިސްޓްރީގައި، ވަޒީރު ނަހުލާއާއި، އެމްޓީސީސީގެ މެނޭޖިގް ޑިރެކްޓާ އާދަމް އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ތ. އަދި ލ. އަތޮޅުގެ މެމްބަރުންނާއިއެކު އިއްޔެ ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން ވަރަށް ކުރުކޮށް ބައްދަލުވުން ޚުލާސާ ކޮށްދެއްވަމުން ސިރާޖު ވިދާޅުވީ މި މަހުގެ ތެރޭގައި ފެރީގެ ހިދުމަތް ހަގީގަތަކަށް ވެގެންދާނެކަމަށެވެ.
ލ. ތ ފެރީ އިރާދަ ކުރެއްވިއްޔާ މިމަހު ހަޤީޤަތަކަށް ވެގެންދާނެ. pic.twitter.com/SfYrJN713A
— Moosa Siraj (@MoosesSiraj) November 3, 2020
މިސަރަހައްދުގައިވެސް ފެރީގެ ޚިދުމަތް ދޭނެކަމަށް ބޮޑަށް ގަބޫލުކުރެވެނީ އެމްޓީސީސީންނެވެ. އެމްޓީސީސީ އަކީ ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި ފެރީގެ ޚިދުމަތް ދެމުންގެންދާ ކުންފުންޏެކެެވެ. ހުޅުމާލެއާއި ހުޅުލެ އަދި ވިލިމާލެއާއި މާލެއާ ދެމެދު ފެރީގެ ޙިދުމަތް ދެމުން ގެންދަނީވެސް އެމްޓީސީސީންނެވެ. މީގެއިތުރުން ބައެއް އަތޮޅުތަކަށްވެސް އެކުންފުނިން ދަނީ ފެރީގެ ޚިދުމަތް ދެމުންނެވެ.
އެކި އަތޮޅުތަކަށް ޚިދުމަތް ދޭ އަތޮޅު ފެރީގެ ނިޒާމް މިހާރަށް ވުރެ ބޮޑަށް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމުގެ މަސައްކަތާއެކު ފެންވަރު ރަނގަޅު ފެރީގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ