މައްސަލަ ބެލުމުގައި ފަރުވާކުޑަކުރި ޤާޟީ އަކާއިމެދު ފިޔަވަޅު އަޅައިފި

މައްސަލަ ބެލުމުގައި ފަރުވާކުޑަކުރި ޤާޟީ އަކާއިމެދު ފިޔަވަޅު އަޅައިފި

Author
މުޙައްމަދު ޝަޒައިމް
23 ނޮވެމްބަރ 2021 06:00
0

މައްސަލައެއް ބެލުމުގައި ފަރުވާ ކުޑަކުރި ފެމިލިޓީ ކޯޓުގެ ގާޒީއަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަނު (ޖޭއެސްސީ)ން ފިޔަވަޅު އަޅަންއަޅައިފިއެވެ.

ޖޭއެސްސީން މިއަދު ބުނެފައިވަނީ ފެމިލީ ކޯޓަށް ހުށަހުޅުނު މައްސަލައެއް ބަލައި ޙުކުމްކުރުމުގައި، މައްސަލަ ބެއްލެވި ޤާޟީ ޢަބްދުﷲ ޢަދީބު ފަރުވާކުޑަކޮށްފައިވާކަން ސާބިތުވެފައިވާތީ، ޤާޟީ ޢަބްދުﷲ ޢަދީބުގެ މި ޢަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން، އޭނާއަށް ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ޤާޟީ ޢަބްދުﷲ ޢަދީބަށް އެންގުމަށް، ވަނީ ކޮމިޝަނުން ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.